ހިޒްބުﷲގެ ހަތްވަނަ އިސްވެރިޔަކު ޝަހީދުކޮށްލިކަން އިސްރާއީލުން އިއުލާންކޮށްފި
ހިޒްބުﷲގެ ހަތްވަނަ އިސްވެރިޔަކު ޝަހީދުކޮށްލިކަން އިސްރާއީލުން އިއުލާންކޮށްފިއެވެ. ލުބުނާނަށް މިހާރު ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ހިޒުބުﷲގެ އިތުރު އިސްވެރިޔަކު ޝަހީދުވެފައިވާކަމަށް އިސްރާއީލުން ބުނެފައިވާއިރު، ހިޒްބުﷲއިން ވެސް ވަނީ އޭނާގެ މަރު ކަށަވަރުކޮށްފައެވެ. މިއީ ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ދިންހަމަލާތަކުގައި ޝަހީދުވި ހިޒްބުﷲގެ ހަތްވަނަ އިސްވެރިޔާއެވެ. އިސްރާއީލުގެ މިލިޓަރީން ބުނެފައިވާ ގޮތުގައި ހޮނިހިރު ދުވަހު ޝަހީދުކޮށްލާފައިވަނީ ހިޒްބުﷲގެ ސެންޓްރަލް ކައުންސި...