Quarterly Digital Edition

THILADHUN

Culture · Horizons · Long-Form Journalism

މަސްކް، ޓްރަމްޕްގެ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ދީފި
Cover Story · Feature Essay

މަސްކް، ޓްރަމްޕްގެ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ދީފި

މަޝްހޫރު ޓެކްނޮލޮޖީ ވިޔަފާރިވެރިޔާ އެލޮން މަސްކް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ. މި ފައިސާ ހަދިޔާކޮށްފައިވަނީ އެމެރިކާ ޕޮލިޓިކަލް އެކްޝަން ކޮމިޓީ (ޕީއޭސީ) އަށެވެ. މަސްކް އަމިއްލައަށް ޖުލައި މަހު އުފެއްދި މި ކޮމިޓީގެ މަޤްޞަދަކީ ނޮވެމްބަރު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ސަރަހައްދުތަކުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމަށް މަސައްކަތްކުރުމެވެ. މާލިއްޔަތުގައި ޖުމުލަ 246.5 ބިލިއަން...

Selected Essays & Island Profiles

މަސްކް، ޓްރަމްޕްގެ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ދީފި
International

ނިއުކާސްލްގައި ގެއެއްގެ ތެރޭގައި އެއްޗެއްގޮވައި 7 އަހަރުގެ ކުއްޖަކު މަރުވެއްޖެ
International

ނިއުކާސްލްގައި ގެއެއްގެ ތެރޭގައި އެއްޗެއްގޮވައި 7 އަހަރުގެ ކުއްޖަކު މަރުވެއްޖެ

އިނގިރޭސިވިލާތުގެ ނިއުކާސްލްގައި ހުރި މީހުން ދިރިއުޅޭ ގެއެއްގެ ތެރޭގައި އެއްޗެއްގޮވައި 7 އަހަރުގެ ކުއްޖަކު މަރުވެ އިތުރު ބަޔަކު ޒަޚަމް ވެއްޖެއެވެ. ނިއުކާސްލްގެ ރަށްވެހި މަގެއްގައި ހުރި ގެއެއްގެ ތެރޭގައި ހިނގި މި ނުރައްކާތެރި ގޮވުމުގައި 7 އަހަރުގެ ކުއްޖަކު މަރުވެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. ބެންވެލް އަދި އެލްސްވިކް ސަރަހައްދުގެ ވައިލެޓް ކްލޯޒްގައި ހިނގި މި ހާދިސާއާ ގުޅިގެން 6 މީހަކު ޒަޚަމްތަކާއެކު […]

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް
Raajje

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަރީފް ހަމަޖައްސައިފިއެވެ. މިއާއިއެކު ޝަރީފް ވެގެންދާނީ އެ ކުންފުނީގެ ސީއީއޯގެ މަގާމު ފުރާ ފުރަތަމަ ދިވެހި ރައްޔިތަށެވެ. ޤައުމީ ބޭންކުން ވަނީ އެކަން ފާހަގަކޮށް ޝަރީފަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ޝަރީފް ވަނީ ކުރިން ދިގު މުއްދަތަކަށް ބޭންކުގައި ޚިދުމަތް ކުރަށްވާފައެވެ. 2020 ވަނަ އަހަރު އޭނާ ބޭންކްގެ ޚިދުމަތުން ވަކިވެވަޑައިގަތް އިރު ހުންނެވީ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ. މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ […]

ޖިހާދަށް ދައުވާކުރާ މައްސަލަ ޕީޖީން އަލުން ހައި ކޯޓަށް ފޮނުވައިފި
Raajje

ޖިހާދަށް ދައުވާކުރާ މައްސަލަ ޕީޖީން އަލުން ހައި ކޯޓަށް ފޮނުވައިފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ހައި ކޯޓުން އަނބުރާ ފޮނުވާލާފައި ވަނިކޮށް އެ މައްސަލަ ދައުލަތުން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަ...

ޕޯޗުގަލްއާއި އެއްވަރުކޮށް ސްކޮޓްލެންޑުން ފުރަތަމަ ޕޮއިންޓް ހޯދައިފި
Sports

ޕޯޗުގަލްއާއި އެއްވަރުކޮށް ސްކޮޓްލެންޑުން ފުރަތަމަ ޕޮއިންޓް ހޯދައިފި

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ އެކެއްގައި ރޭ ޕޯޗުގަލްއާއި އެއްވަރުކޮށް ސްކޮޓްލެންޑުން ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. ރޭ ސްކޮޓްލެންޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ކޮންމެ ޓީމެއް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ސްކޮޓްލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ ރޭ މެޗުން ލިބުނު އެއް ޕޮއިންޓެވެ. އެ ޓީމް އޮތީ ގްރޫޕްގެ ފުލުގައެވެ. މި ގްރޫޕްގައި ރޭ ޕޮލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 […]

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަރުޙަބާ
Raajje

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަރުޙަބާ

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ނިންމަވާފައި ނިންމެވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔައިފިއެވެ. ރައީސްގެ ނަންމެވުމަށް މަރުޙަބާ ކިޔައި ރައީސްގެ މި ނިންމެވުމަކީ ޚާއްޞަކޮށް ޅަފުރައިގެ ކުދިންގެ މެދުގައި، ވޭޕްކުރުން އިތުރުވަމުންދާ ކަންބޮޑުވާންޖެހޭ މިންވަރު ހުއްޓުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. 2019ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާގޮތުގައި ދިވެހިރާއްޖޭ...

ތެލެސީމިއާ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ތެލެސީމިއާ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގ އާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ މެލޭޝިއާގެ މެޑޯ އޭޝިއާ އާއި ޗިންހިން ގުރޫޕު ބ...

މެސީ ހެޓްރިކް، އާޖެންޓީނާ އެއްވަނާގައި ހަމަޖެހިލައިފި
Sports

މެސީ ހެޓްރިކް، އާޖެންޓީނާ އެއްވަނާގައި ހަމަޖެހިލައިފި

ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ބޮލީވިއާ ބައްދަލުކުރި މެޗުގައި ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާޖެންޓީނާ ހަމަޖެހިލައިފިއެވެ. ރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި ތިންލަނޑާއިއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ […]

އިންޑިޔާ އާއި ލަންކާ ގުޅުވާލުމަށް 5 ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް
International

އިންޑިޔާ އާއި ލަންކާ ގުޅުވާލުމަށް 5 ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

އިންޑިޔާ އާއި ސްރީލަންކާ އާ ދެމެދު ގުޅުވާލުމަށް ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާކުރަމުން އައި މަގާއި ރޭލުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް 5 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. “އިންޑިޔާ-ސްރީލަންކާ ބްރިޖް” ނުވަތަ “ޕޯކް ސްޓްރެއިޓް ބްރިޖް” ގެ ނަމުން މަޝްހޫރު މި މަޝްރޫޢުގެ ދަށުން، ދެ ގައުމު ވަކިކޮށްފައިވާ ޕޯކް ސްޓްރެއިޓް މައްޗަށް ބްރިޖެއް ނުވަތަ ކަނޑު އަޑީގައި ޓަނަލެއް އަޅައި، މަގާއި ރޭލު ދަތުރުކުރެވޭނެ ގޮތް ހަދާ، އިންޑިޔާގެ […]