ސިލްސިލާ ވާހަކަ: ލޯބިވިޔަސް (6)
ކުރީގެ އަދަދާއި ގުޅޭ، ” ދަރިފުޅު މި ވާހަކަ އަވަހަށް ނަދީމް ގާތު ދައްކާފައި އޭނަ ނިންމާ ގޮތެއް ބައްޕަ ގާތު ބުނޭ. އޭނަ އެމެރިކާއަށް އަހަރެމެންނާއެކު ދާން ބޭނުން ނުވަންޏާ ދެން ތި ކައިވެނި މަތިން ދަރިފުޅު ހަނދާންނައްތާލާ!” ފުންމައިގެން ތެދުވެ ޒައިނާއަށް ފުރަގަސްދެމުން މަހުދީ ބުންޏެވެ. ލިބުނު ކުއްލި ހައިރާންކަމުގެ ސަބަބުން ޒައިނާގެ ދެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އޭނާއާ މެދު އެ ފަދަ ހިތްދަތި ގޮތަކަށް ބައްޕަ ކަންތައް ކޮށްފާނެ ކަމަކަށް […]