ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ ''ކަތީބު ނިޒާމު'' ބޭއްވުމަށް ވަކާލާތު ކުރަމުން: އެމްޑީޕީ
އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، މި ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ރާއްޖޭގައި އަލުން ”ކަތީބު ނިޒާމު” ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައި ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، އެ ފައިސާ އިތުރުކޮށްދިނުމަށް ގޮވާލާކަމަށ...