ޓްރަމްޕް ވައިޓް ހައުސްއަށް، ކާމިޔާބީ އިޢުލާންކޮށްފި
އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިކަމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރައްވައިފ ިއެވެ. ޕާމް ބީޗް ކޮންވެންޝަން ސެންޓަރުގައި ތާއީދުކުރައްވާ ފަރާތްތަކާ މުޚާތަބުކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާ ރައްޔިތުން އެމަނިކުފާނަށް ދެއްވާފައިވަނީ މިހާތަނަށް ދުވަހަކުވެސް ނުދޭފަދަ ބާރުގަދަ މެންޑޭޓެއް ކަމަށެވެ. މިހާތަނަށް ގުނާފައިވާ ވޯޓުތަކަށް ބަލާއިރު، ޓްރަމްޕަށް 266 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގެންފައިވާއިރު، އޭނާގެ ވާދަވެރިޔާ ކަމަލާ ހެރިސްއަށް ލިބިވަޑައިގެންފައިވަނީ 188 ވޯޓެވެ. ރަ...