ގިނީގެ ފުޓްބޯޅަ ދަނޑެއްގައި ބޮޑު ހަމަނުޖެހުމެއް، 50 އަށްވުރެ ގިނަ މީހުން މަރުވި
ގިނީގެ ދެކުނު އިރުމަތީ ސަރަހައްދުގައި އޮންނަ ފުޓްބޯޅަ ދަނޑެއްގައި ހިނގި އަނިޔާވެރި ހާދިސާއެއްގައި މަދުވެގެން 56 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހޯމަ ދުވަހު ބުނެފިއެވެ. މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު، ގިނީގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ނެޒެރެކޯރޭގައި ބޭއްވުނު ރަށު ފެންވަރުގެ ފުޓްބޯޅަ މުބާރާތެއްގެ ފައިނަލް މެޗުގައެވެ. މި ސިޓީއަކީ ވެރިރަށް ކޮނަކްރީން ގާތްގަނޑަކަށް 570 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. ބޮޑުވަޒީރު […]