އިނގިރޭސިވިލާތުގައި ''އޮންލައިން'' ސަލާމަތީ ޤާނޫނު ތަންފީޒުކުރަން ފަށައިފި
އިނގިރޭސިވިލާތުގައި އޮންލައިން ސަލާމަތީ ޤާނޫނު ތަންފީޒުކުރަން މިދިޔަ ހޯމަ ދުވަހު ފަށައިފިއެވެ. މި ޤާނޫނުގެ ދަށުން ފޭސްބުކް އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ކުންފުނިތަކުން އެ ޕްލެޓްފޯމްތަކުގައި ހިންގާ ކުށްކުރުމުގެ ޢަމަލުތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެއެވެ. އަދި އެ ޕްލެޓްފޯމްތައް ރައްކާތެރި ގޮތެއްގައި ފަރުމާކުރަން ޖެހޭނެއެވެ. މީޑިއާ ރެގިއުލޭޓަރު އޮފްކޮމްއިން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި މީހުން މެރުމަށް ހިތްވަރުދިނުން ފަދަ ޣައިރު ޤާނޫނީ ގެއްލުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމާ...