ހިލާލުން ނޭމާގެ ކޮންޓްރެކްޓް އުވާލައިފި
ބްރެޒިލްގެ ފުޓްބޯޅަ ތަރި ނޭމާ އާއި ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ. ނޭމާ (32) އއަލް ހިލާލަށް ސޮއިކޮށްފައި ވަނީ 2023 ވަނަ އަހަރުއެވެ. އެއީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 400 މިލިއަން ޑޮލަރެވެ. ދެ އަހަރު ތެރޭ، ނޭމާ އަށް މި އަދަދު ލިބޭ އެ ކޮންޓްރެކްޓް ތެރޭގައި ކޮންޓްރެކްޓްގައި ސޮއިކުރާއިރު ދޭ ބޯނަހާއި މުސާރައިގެ އިތުރުން އިސްތިހާރުގެ ޑީލްތައް ހިމެނެއެވެ. […]