''ރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފައެއް ނުކުރެވޭނެ''
ދިވެހިރާއްޖެއަކީ ހައްދުފަހަނަ އަޅާފައިވާ ޤައުމެއްގެ ގޮތުގައި ސިފަކުރުމަށް ޖާގައެއް ނޯންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ. ވަޒީރު ޝަހީމް މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކާގައި ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށާއި، އިސްލާމީ ޤައުމުތަކަށް ބަލާއިރު ރާއްޖެއަކީ އެއްބައި...