''މިއީ ނުފޫޒެއް ނުފޯރުވައި ފްލެޓް ލިސްޓެއް ނުކުތް ފުރަތަމަ ފަހަރު''
މިއީ ނުފޫޒެއް ނުފޯރުވައި ގެދޮރު ލިބޭނެ މީހުންގެ ލިސްޓެއް ނުކުތް ފުރަތަމަ ފަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މާލޭގެ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް ހުޅުއްވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، މިހާރު ނިމެމުންދާ 4000 ފްލެޓް ލިބޭ މީހުންގެ ލިސް އިޢުލާނުކުރެވިފައިވާކަން ވަނީ ފާހަގަކުރަށްވާފައެވެ. މިގޮތުން އެ ލިސްޓް ނެރެވުނީ، މިދިޔަ ސަރުކާރުން އިޢުލާނުކުރި ލިސްޓުގައި ހުރި އެކިއެކި މައްސަލަތައް ބަލައި، އޭ.ސީ.ސީ.އިން ފާހަގަކޮށްފައި ހުރި ކަންކަން ބަލައި، އެ ސަރު...