އެމެރިކާއާ އެކު ވާހަކަ ދެއްކުމަށް ޒެލެންސްކީ ސަޢޫދީއަށް
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ވަލީ ޢަހުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޔޫކްރެއިން އަދި އަމެރިކާގެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުމުގެ ކުރިންނެވެ. އެމެރިކާއިން އުއްމީދުކުރަނީ މި ބައްދަލުވުމުން ޔޫކްރެއިން އަދި ރަޝިޔާގެ މެދުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ކުރީގައި ޔޫކްރެއިންގެ މައިގަނޑު އެއް އެ...