އެމެރިކާއިން ޗައިނާއަށް ޗިޕް ވިއްކުން ހަނިކުރުމުން އެންވީޑިއާ އަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް
އެމެރިކާއިން ޗައިނާއަށް ޗިޕް ވިއްކުން ހަނިކުރުމާ ގުޅިގެން އެންވިޑިއާއަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ކުރިމަތިވެއްޖެއެވެ. ޓެކްނޮލޮޖީ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ އެންވިޑިއާއިން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ ސަރުކާރުން ޗައިނާއަށް އެޗް20 އާޓިފިޝަލް އިންޓެލިޖެންސް ޗިޕް ވިއްކުން މަނާކުރުމާ ގުޅިގެން އެ ކުންފުންޏަށް 5.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ލަފާކުރެވެއެވެ. ޗައިނާއަކީ އެންވިޑިއާގެ އެންމެ މަޤްބޫލު ޗިޕްތަކުގެ ތެރެއިން އެއް ޗިޕަށް އެންމެ މުހިންމު މާކެޓެވެ. އެ...