ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް "މޯލްޑިވްސް 2.0" ސަމިޓް ފަށައިފި
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢުގެ ސިޔާސަތުތައް އެކަށަހެޅުމަށް ބާއްވާ “މޯލްޑިވްސް 2.0” މިރޭ ފަށައިފިއެވެ. މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ މަޝްރޫޢުގެ ސިޔާސަތުތައް އެކަށައެޅުމަށް ބާއްވާ ދެ ދުވަހުގެ ސަމިޓެކެވެ. މިކަމަށް މާލޭގެ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ދުނިޔޭގައި ޑިޖިޓަލް ދާއިރާއިން ކުރިއަރާ...