އިބްރާހިމްބެ އަކީ ދިއްދޫގެ ތަރައްޤީއަށް ޚިދުމަތް ކުރެއްވި ހަރުދަނާ މުރުޝިދެއް!
ހއ.ދިއްދޫ އިރަމާގޭ އަލްމަރްޙޫމު އިބްރާހީމް ޤާސިމް (އިބްރާހިމްބެ) އަކީ ނަމޫނާ ޝަޚްޞިއްޔަތެކެވެ. މަދުން ނޫނީ ނުފެންނަފަދަ ލީޑަރެކެވެ. ކަންކަމުގައި ” ނޫން” ” ނުވާނެ” “ނުކުރެވޭނެ” ފަދަ ބަސްބަހަކީ “އިބްރާހީމްބެގެ ބަސްކޮށާރު”ގައި ހުންނަ ބަސްބަހެއް ނޫނެވެ. “އެވޭލާ ދިއްދޫ”ގައި އިބްރާހީމްބެއާ ބެހޭގޮތުން ޖެހި ޕޯސްޓަކާ ގުޅިގެން ކޮމެންޓު ކުރެއްވި ދިއްދޫގެ އެކިއެކި ޢިއްޒަތްތެރިން ކުރައްވާފައިވާ ކޮމެންޓުތަކުން ވެސް އިބްރާހިމްބޭގެ ލީޑަރޝިޕްގެ ކޮލިިޓީ ހާމަވެގެން ދެއެވެ. “ރަށް ކުރިއަރުވާ ކޮމިޓީގެ ދުވަސްވަރު ވަރަ...