މިލަންދޫގައި ދަރިވަރުން ރަށުތެރޭގައި ހަރަކާތްތެރިވާގޮތް މޮނީޓާ ކުރަނީ
ށ. މިލަންދޫގައި ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ކަށަވަރު ކޮށްދިނުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި ސްކޫލު ދަރިވަރުން ރަށުތެރޭގައި ޙަރަކާތްތެރިވާގޮތް މޮނީޓާ ކުރުމަށް ނިންމައިފިއެވެ. މިކަން ބަޔާންކޮށް މިލަންދޫ ކައުންސިލުން އާންމުކުރެއްވި ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިހާރަކަށް އައިސް އެރަށުގައި ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ ޢަމަލުތައް އިތުރުވެ، މުހިންމު ބޭނުމެއްނެތި ދަރިވަރުން ރަށުތެރޭގައި ގްރޫޕް ހަދައިގެން އުޅޭ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަ...