ކައުންސިލަރުންގެ މުސާރަ ބޮޑުކުރަނީ
ކައުންސިލަރުންގެ މުސާރަ ބޮޑު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް ވިދާޅުވީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވީ ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ “ތިލަދުންމަތި އިރުވައި ކޮންފެރެންސް” ގައި އެ ކޮންފެރެންސްގެ ބައިވެރިޔަކު، ކައުންސިލަރުންގެ މުސާރައާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމު...