Skip to main content
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
އެމްޑީޕީގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފި
Raajje

އެމްޑީޕީގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެނިފެސްޓޯގައި ރަމަޟާން މަހުގެ ފަހު 10 ދުވަހު ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުން ހިމަނައިފިއެވެ. މިކަން ހާމަކުރީ “އުފާވެރި އަމާންރާއްޖެ” ގެ ނަމުގައި ހިންގަމުންދާ ރައީސް ސާލިހު ގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައެވެ. އެ ޕާޓީގެ މެނިފެސްޓޯގެ “ހެޔޮވެރިކަން” ބައިގެ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުންގެ ދަށުން ވަނީ ދައުލަތުގެ ހިންގުން ވަރުގަދަކުރުމުގެ ބައެއް ހިމަނާފައެވެ. އެބަ...

ވޯޓެއް ނުގަންނާނަން، ރިޝްވަތެއް ނުދޭނަން، ރައީސް ސާލިހު އެއްބުރުން ނަގާނަން: ޖާބިރު
Raajje

ވޯޓެއް ނުގަންނާނަން، ރިޝްވަތެއް ނުދޭނަން، ރައީސް ސާލިހު އެއްބުރުން ނަގާނަން: ޖާބިރު

ވޯޓެއް ނުގަންނާނެ ކަމަށާއި ރިޝްވަތެއް ވެސް ނުދޭނެ ކަމަށާއި ރިޔާސީ އިންތިހާބު ރައީސް ސާލިހު އެއްބުރުން ނަގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. ޖާބިރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވަރަށް ފޯރިއާ ޖޯޝާއެކު ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، މަޖިލީހުގެ ޒިންމާ އުފުލަން ޖެހޭ ކަމަށެވެ. އަދި މަޖިލިސް އޮތީ ހަތަރުއަނގޮޅި އަކަށް ހުއްޓިފައި...

ސިޓީ ހޮޓަލަކާއެކު ރައީސްގެ ގިނަ ވައުދުތަކެއް ބ. މާޅޮހަށް
Raajje

ސިޓީ ހޮޓަލަކާއެކު ރައީސްގެ ގިނަ ވައުދުތަކެއް ބ. މާޅޮހަށް

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، ސިޓީ ހޮޓަލަކާއެކު ބ. މާޅޮހަށް ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވައުދުފުޅުތަކެއް ވެވަޑައިގެންފިއެވެ. ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އެ ރަށުގައި އައު ސިއްހީ މަރުކަޒަކާއި ސިޓީ ހޮޓަލެއް އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ...

ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކޮށްދޭނަން: ރައީސް
Raajje

ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކޮށްދޭނަން: ރައީސް

ބ. ގޮއިދޫ، ފުޅަދޫ، ފެހެންދޫ (ގޮއިފުޅަފެހެންދޫ) ފަޅުގައި ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ބ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައިި ފުޅަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވަނީ ފުޅަދޫގައި ފްލޯޓިން ޖެޓީއެއް އަޅައި ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. ކުދި އާބާދީތަކަށް ކުރީގެ ވެރިން އެއްވެސް އިސްކަމެއް ދެއްވާފައި ނުވާކަން ފާހަގަކުރ...

ރައީސް ސާލިހުގެ ވައުދުފުޅުތަކެއް ތޮއްޑޫ އަދި ރަސްދޫއަށް!
Raajje

ރައީސް ސާލިހުގެ ވައުދުފުޅުތަކެއް ތޮއްޑޫ އަދި ރަސްދޫއަށް!

ރިޔާސީ ދެވަނަ ދައުރަަކަށް ހޮވިވަޑައިގެންފިނަމަ، އއ. ތޮއްޑޫ އަށާއި އެ އަތޮޅު ރަސްދޫއަށް ކޮށްދެއްވާނެ ކަންކަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަންކަން ހާމަކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އއ. އަތޮޅަށް ވަޑައިގެން އެ ދެ ރަށުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ތޮއްޑޫއަށް ވަޑައިގެން ވިދާޅުވީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފި ނަމަ، އެރަށުގައި ސޯޝަލް ސެންޓަރެއް ގާއި...

ނ. އަތޮޅުގެ ތިން ރަށެއްގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި
News

ނ. އަތޮޅުގެ ތިން ރަށެއްގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި

ނ. އަތޮޅުގެ ތިން ރަށެއްގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްފި އެވެ. މި މަޝްރޫޢުތައް ނިމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދަވާފައިވަނީ، ރައީސުް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން އެއަތޮޅު، ހެނބަދޫ، މާޅެންދޫއާއި ކުޑަފަރީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، ކުޑަފަރީ ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފިއެވެ. މާޅެންދޫއާ ކުޑަފަރީއަށް ވަޑައިގެންނެވީ މިއަދު މެންދުރު ކުރީގައެވެ. އެތިން ރަށުގ...

މާލޭ ރައްޔިތުންނަށް މި މަހު 15 ގައި ގޯތި ދޫކުރަން ފަށަނީ
Raajje

މާލޭ ރައްޔިތުންނަށް މި މަހު 15 ގައި ގޯތި ދޫކުރަން ފަށަނީ

ބިންވެރިޔާ ސްކީމްގެ ދަށުން މާލެއިން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން މާލޭ ރައްޔިތުންނަށް މި މަހު 15 ގައި ގޯތި ދޫކުރަން ފަށާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު، ކުޑަފަރީ އަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކުރިޔަށްއޮތް ތަނުގައި ކޮންމެ ދުވަހަކު ކޮންމެވެސްސް އާއިލާއަކަށް ގޯތި ލިބެމުން ދާތަން ފެންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމަކީ ރައްޔިތުން ބ...

މާޅެންދޫގައި އިތުރު ބަނދަރެއް ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަދައިދޭނަން: ރައީސް
Raajje

މާޅެންދޫގައި އިތުރު ބަނދަރެއް ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަދައިދޭނަން: ރައީސް

ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ނ. މާޅެންދޫގައި އިތުރު ބަނދަރެއް ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތް ދޭ ގޮތަށް ހަދައިދެއްވާނެކަމަށް ދިވެހި ރައްޔިތުންގ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ނ. އަތޮޅަށް މިއަދު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި މާޅެންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ ރަށުގެ ރައްޔިތުން އެދޭ ގޮތަށް ބަނދަރުގެ މަސައްކަތް މިހާރު ކޮންޓްރެކްޓް ކޮ...

ރައީސް ކެމްޕޭނަށް މިއަދު ނ. އަތޮޅަށް
Raajje

ރައީސް ކެމްޕޭނަށް މިއަދު ނ. އަތޮޅަށް

ނ. އަތޮޅުގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ފުރާވަޑައިގަތުމަށް ނިންމާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ އަތޮޅަކީ ރައީސް ސާލިހާއިއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ތާއީދު ބޮޑު އަތޮޅެކެވެ. ރައީސްގެ ކެންޕެއިން ދަތުރުފުޅުތައް ފައްޓަވާފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުގެ...

''ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާވެގެންދިޔުމަކީ ތިމާވެއްޓަށް ލިބޭ އިތުރު ރައްކާތެރިކަމެއް"
Raajje

''ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާވެގެންދިޔުމަކީ ތިމާވެއްޓަށް ލިބޭ އިތުރު ރައްކާތެރިކަމެއް"

ޑިޖިޓަލް ޓެކްނޮލޮޖީ ފުޅާވެގެންދިއުމަކީ ތިމާވެއްޓަށް ލިބިގެންދާނެ އިތުރު ރައްކާތެރިކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އޯޝަން ކަނެކްޓް މޯލްޑިވްސް-އިންޑިއާ އޭޝިޔާ އެކްސްޕްރެސް (އޯ.ސީ.އެމް-އައި.އޭ.އެކްސް) ކޭބަލް އިފްތިތާހު ކުރުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖެ ބައިނަލްއަޤގުވާމީ ފައިބަރ ކޭބަލްއާ ގުޅައިލުމަކީ ރާއްޖޭގައި ބައިނަލްއަގުވާމީ ޓެކްނޮލޮޖީ ހަބެއް އުފަންކުރުމުގެ ބިންގާ ކަމަށ...

އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ
Raajje

އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ

ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ކަމަށްވާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ގއ. ނިލަންދޫއަށް ވަޑައިގެން އެމްޑިޕީގެ ސަޕޯޓަރުންނާއި އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އަށް ކުރ...

ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި: ރައީސް
Raajje

ޝަރުތު ހަމަވި އެންމެންނަށް ފްލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި: ރައީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރަމުން އަންނަ ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ، ފްލެޓަށް ޝަރުތު ހަމަވާ އެންމެނަށް ލެޓް ދެވޭނީ އަންނަ ދައުރުގެ ތެރޭގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުުވެއްޖެއެވެ. ސަރުކާރުން ނިންމާފައި ވަނީ މި ލިސްޓްގައި ހިމެނޭ ޝަރުތު ހަމަވާ އެންމެނަށް ފްލެޓް ދިނުމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ގދ. ނަޑެއްލާއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމ...

އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން: ރައީސް
Raajje

އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން: ރައީސް

އެމްޑީޕީއަކީ ހަމަޖެހުން ނަގާލައި ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދޭނެ ބައެއް ނޫން ކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅެއްގައި ގދ. މަޑަވެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަށުގައި ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ބަޔަކު ހުޅުޖަހައި، ރޯކޮށްލާފައިވާތީ، އެމަނިކުފާނުގެ ކެމްޕޭން ޓީމުން އެރަށުގައި ޖަލްސާ ބާއްވާފައިވަނީ ގަސް ދޮށުގައެވެ. އެ ގަސްދޮށުގައި ހުންނަވައި ވާ...

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް: ރައީސް
Raajje

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް: ރައީސް

އިންތިހާބުގެ ނަތީޖާއާއި ދޭތެރޭ ޝައްކު ކުރާނެ އިތުރު ފުރުސަތެއް މިހާރު ނެތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅުގައި ދ. އަތޮޅު މީދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެކަމަށާއި އަޅުގަނޑުމެން ކަން ކޮށް ދައްކާފައިވާ ކަމަށެވެ. އަ...

ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ސާލިހު ދ. އަތޮޅަށް
Raajje

ކެމްޕޭނު ދަތުރުފުޅެއްގައި ރައީސް ސާލިހު ދ. އަތޮޅަށް

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައމަދު ސާލިހު ކެމްޕެއިން ދަތުރުފުޅެއްގައި އަތޮޅަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ދ. މީދޫ އަށެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިން ފައްޓަވާފަ...