ކުދިންނަކީ މުޖްތަމައަށް ބޭނުންތެރި ބަޔަކަށް ހެދޭނީ އެކުދިންނަށް ރީތި ނަމޫނާ ދައްކައިދެވުނު މިންވަރަކުން: ރައީސް
މުޖުތަމަޢަށް ބޭނުންތެރި، އަދި މުޖުތަމަޢުގައި ބަސްވިކޭ ބަޔަކަށް ކުދިން ވާނީ، އެހެން މީހުންނާ ކުރާ މުޢާމަލާތުތަކުގައިވެސް، އަދި ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، އެ ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމަށް، ރައިސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާ ހިތާބުގައި ރައީސް ވަނީ، މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، ކުދިންގެ ކިބައިން ފެންނާނީ، ހުރިހާ ފަރާތްތަކުންވެސް ކުދިންނަ...