Skip to main content
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
ރައީސް، ކުޅުދުއްފުށި ސީޓީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާއި ބައްދަލުކުރައްވައިފި
Thiladhunmathi News

ރައީސް، ކުޅުދުއްފުށި ސީޓީ ކައުންސިލާއި އ.ތ.މ. ކޮމިޓީއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައިފި އެވެ. ރޭ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ކުޅުދުއްފުށީ ސިޓީގައި މިހާރު ކުރިޔަށްގެންދާ މަޝްރޫޢުތަކާއެކު އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެންމެފަހުން ރަ...

ފާއިތުވި 2 އަހަރުތެރޭގައި ފުލުހުންގެ ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުންގެ އިތުބާރު ލިބިފައިވޭ: ރައީސް
Thiladhunmathi News

ފާއިތުވި 2 އަހަރުތެރޭގައި ފުލުހުންގެ ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުންގެ އިތުބާރު ލިބިފައިވޭ: ރައީސް

ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފުލުހުންނަށް ބޭނުންވާ ވަޞީލަތަކާއި އެހީތެރިކަން ކުރިޔަށްވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށާއި، ފުލުންގެ ޤާނޫނު ތަންފީޒުކުރުމުގައި...

ރައީސް ޞާލިޙް، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި
Thiladhunmathi News

ރައީސް ޞާލިޙް، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

އުތުރުގެ 3 ރަށަކަށް ކުރަށްވާ ދަތުރުފުޅުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، ހދ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާގައި ރޭ ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި، ރައީސް ޞާލިޙް ވަނީ ސަރުކާރުން ހދ. އަތޮޅުގައި ކުރިޔަށްގެންދަވާ ތަރައްޤީގެ އެކި މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ތަރައްޤީއަށް ބޭނުންވާ މުހިންމު ކަނ...

ރައީސް ކޭއާރްއެޗްއަށް ޒިޔާރަތް ކުރަށްވާ ހާލަތު ބައްލަވާލައްވައިފި
Thiladhunmathi News

ރައީސް ކޭއާރްއެޗްއަށް ޒިޔާރަތް ކުރަށްވާ ހާލަތު ބައްލަވާލައްވައިފި

ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ޒިޔާރަތް ކުރަށްވާ އެތަނުގެ ހާލަތު ބައްލަވާލައްވައިފި އެވެ. ރައީސް ކޭއާރްއެޗަށް ޒިޔާރަތް ކުރެއްވީ މިހާރު އެމަނިކުފާނާއި އަނބިކަނބަލުން ތިލަދުންމަތީގެ 3 ރަށަކަށް ކުރަށްވަމުން ގެންދަވާ ދަތުރު ފުޅުގެތެރެއިން ކުޅުދުއްފުށި ސިޓީއަށް މިއަދު ވަޑައިގެންފައެވެ. ކޭއާރްއެޗްއަށް ކުރެއްވި މިޒިޔާރަތުގައި ރައީސް ވަނީ އެ ހޮސްޕިޓަލުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ވަނީ މިހާރު އެ ހޮސްޕ...

ރައީސްގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި
Thiladhunmathi News

ރައީސްގެ ދެކަނބަލުން ކުޅުދުއްފުށި ސިޓީއަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒުނާ އަހުމަދު ހދ އަތޮޅަށް ކުރައްވާ ޒިޔާރަތުގައި ކުޅުދުއްފުށި ސިޓީ އަށް ވަޑައިގަންނަވައިފި އެވެ. ކުޅުދުއްފުށިން ރައީސްއަށް މަރުހަބާ ދެންނެވީ މޭޔަރ މުޙައްމަދު ޢާޠިފް އަދި ސިޓީ ކައުންސިލްގެ މެންބަރުންނާއި މުވައްސަސާތަކުގެ އިސްވެރިންނެވެ. މިދަތުރު ފުޅުގައި އެސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތް ކުރައްވައި، މުއައްސަސާތަކުގެ އިސްވެރިންނާއި އެ އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަ...

ރައީސްގެ ދެ ކަނބަލުން ކުޅުދުއްފުށި، ކުމުންދޫ އަދި ހަނިމާދޫއަށްް ފުރާވަޑައިގެންފި
Raajje

ރައީސްގެ ދެ ކަނބަލުން ކުޅުދުއްފުށި، ކުމުންދޫ އަދި ހަނިމާދޫއަށްް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ކުޅުދުއްފުށި ސިޓީއަށާއި، ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫއަށާއި، ހަނިމާދޫއަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ފުރާވަޑައިގަންނަވައިފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށި ސިޓީއަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެ ދެކަނބަލުން ކުޅުދުއްފުށްޓަށް ވަޑައިގެން އެ ސިޓީގެ ބައެއް ތަންތަނަށް ޒިޔާރަތްކުރަށްވާނެ ކަމ...

ގުރުއާން ހިތުދަސްކުރި 6 އަހަރުގައި އަމަންއަށް ރައީސްގެ ދެކަނބަލުން ހިތްވަރު ދެއްވައިފި
Raajje

ގުރުއާން ހިތުދަސްކުރި 6 އަހަރުގައި އަމަންއަށް ރައީސްގެ ދެކަނބަލުން ހިތްވަރު ދެއްވައިފި

އުމުރުން 6 އަހަރާއި 9 މަހުގައި ކީރިތި ޤުރުއާން ހިތުދަސްކުރި ބ.ހިތާދޫ، ޑެއިޒީމާގެ، އަމަން އަޙްމަދު ޢާޠިފާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ބައްދަލުކުރައްވައިފިއެވެ. މިގޮތުން އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިޙްގެ ދެކަނބަލުން ވަނީ، އެކްސެލް އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރު އަމަން އަޙްމަދު ޢާޠިފަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ. މިހާ ޅަ އުމުރެއްގައި އަމަން، ކީރިތި ޤު...

ރައީސް ޞާލިޙް، މޯދީއާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި
Raajje

ރައީސް ޞާލިޙް، މޯދީއާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި އެ ދެބޭފުޅުން ވެސް ވަނީ، ދެބޭފުޅުންވެސް ބޭނުންފުޅުވާ ތަފާތު މުހިންމު ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަށްވާފަކަމަށެވެ. މިބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ ކޯވިޑް-19 ގެ މި ބަލިމަޑުކަމުގައި އިންޑިއާއިން ވެދެއްވާ އެހީ ތަކަށް ޝުކުރުދަންނަވާފައެވެ. އެގޮތުން، އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ އާންމު ދިރިއުޅުމުގައި ބޭނުން...

ރައީސް، ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި
News

ރައީސް، ނެޝަނަލް ސެކިއުރިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، ރާއްޖޭގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. ރައީސް އެ ކައުންސިލާއި ބައްދަލުކުރެއްވީ، މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ބަޔަކުން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ރާއީސް ޞާލިޙަށް އިންކުއަރީ ރިޕޯޓު އެރުވުމާއި ގުޅިގެން އެ ރިޕޯޓާއި ގުޅޭ މަޝްވަރާކުރެއްވުމަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެ...

އިންކުއަރީ ރިޕޯޓް ރައީސްއަށް އަރުވައިފި
News

އިންކުއަރީ ރިޕޯޓް ރައީސްއަށް އަރުވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މި ރިޕޯޓް ރައީސްއަށް އަރުވާފައިވަނީ މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކޮމިޓީގެ މުގައްރިރު ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. މި ރަސްމިއްޔާތުގައި ރައީސުލް...

ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި އެބަތިބި: ކުޅުދުއްފުށީ ސިޓީ މޭޔަރ
Thiladhunmathi News

ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި އެބަތިބި: ކުޅުދުއްފުށީ ސިޓީ މޭޔަރ

ގެދޮރުގެ ދަތިކަން ކުރިމަތިވެ 1200 އެއްހާ މީހުން ބޯހިޔާވަހަކަމަށް ބޭނުންވެފައި އެބަތިބިކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރ މުޙައްމަދު އާޠިފް ވިދާޅުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީ މޭޔަރ މުޙައްމަދު އާޠިފް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ބޭއްވެވި އޮންލައިން ބައްދަލުކުރެއްވުމުގައި، ވާހަކަދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސ...

ރައީސް ކުޅުދުއްފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި
Thiladhunmathi News

ރައީސް ކުޅުދުއްފުށީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ކުޅުދުއްފުށީ ސިޓީ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މޭޔަރ މުޙައްމަދު އާޠިފް އާއި މެންބަރުން ވަނީ ބައިވެރިވެފަ އެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮންނެވެ. މިބައްދަލުވުމުގައި އެސިޓީ އަށް ދިމާވެފައިވާ މައްސަލަތައް ހަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. އެގޮތުން އެސިޓީގައި ގިނަދުވަސްވެ ޖަމާވެފައިވާ ކުނިފުނިތައް ސަރުކާރުގެ އެހީތެރިކަމާއެކު ނަގައި ކުނީގެ މައ...

ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ތަޞްދީޤު ކުރައްވައިފި
Raajje

ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލް، ތަޞްދީޤު ކުރައްވައިފި

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި ހިނގާ ޖޫން މަހުގެ 21 ވި ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައިވާގޮތުން އުއްތަމަފަނޑިޔާރަށް ދޭންޖެހޭ ޙިމާޔަތާއި ރައްކާތެރިކަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށް ބުނެފ...

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި
Raajje

ދެކުނު އޭޝިއާގެ ފަތުރުވެރިންނާއި، މަސައްކަތްތެރީން ރާއްޖެ އައުމުގެ ހުއްދަދޭން ނިންމައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއައުމުގެ ހުއްދަ ދޭގޮތަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ދެކުނު އޭސިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް އަންނަ ޖުލައި 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމި ނިންމުން ތަންފީޒު ކުރަންފަށާނީ،...

މާލެ ސަރަހައްދަށް ޖުލައި އެކަކުން ފެށިގެން ލުއިތަކެއް ދެނީ
Raajje

މާލެ ސަރަހައްދަށް ޖުލައި އެކަކުން ފެށިގެން ލުއިތަކެއް ދެނީ

ކޯވިޑް-19އާއި ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން ލުއިތަކެއް ދިނުމަށް ނިންމައިފިއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ހެލްތު އެކްސްޕާޓުންނާއި، އެޗްއީއޯސީއާއި ކަމާގުޅުންހުރި ފަރާތްތަކުގެ ލަފާފުޅާއިއެއްގޮތަށް އަންނަ ޖުލައި މަހުގެ 1 އިން ފެށިގެން މާލެ ސަރަހައްދަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން ޖުލައި 1 އިން ފެށިގެން ކާފިއު ވަގުތު ރޭގަނޑު 8 އި...