މިވަގުތު އޮތް އެންމެ ބޮޑު 2 މައްސަލައަކީ، މަސްތުވާތަކެއްޗާއި ހަރުކަށި ފިކުރު: ރައީސް
ރާއްޖެއަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެބޮޑު ދެ މައްސަލައަކީ، ހަރުކަށި ފިކުރުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ހަވީރު ތ. އޮމަދޫ ބަނދަރު ރަސްމީގޮތުން ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ތ. އަތޮޅުގެ ތަރައްގީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި، ކުރިއަށް ހުރި މަޝްރޫޢުތަކަށް އަލިއަޅުވާލައްވައި ވާހަކަ ދެއްކެވުމަށްފަހު ރައީސް...