އަންނަ ހޯމަ ދުވަސް ސަރުކާރު ބަންދު
މި އޮކްޓޯބަރު މަހުގެ ތިނެއް ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު އާންމުކުރެއްވި ދެންނެވުމެއްގައި ވިދާޅުވީ، މި އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސްކަމަށްވާތީއާއި، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސަށް ލަފާއަރުއްވާފައިވާތީ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. ވަޒީރުނ...