މި ރަމަޟާން މަހުވެސް އެމްފައިސާ މެދުވެރިކޮށް ފިތުރު ޒަކާތް ދައްކާލެވޭނެ
ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ފިތުރު ޒަކާތް ދެއްކޭނެ ގޮތް އެމް-ފައިސާ މެދުވެރިކޮށް މި ރަމަޟާން މަހުވެސް ވަނީ ހަމަޖެހިފައެވެ. އުރީދޫގެ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓްރީކުރުމަށްފަހު ފޯނުން ފިތުރު ޒަކާތް ދެއްކޭނެއެވެ. އެމްފައިސާއިން ޒަކާތް ދެެއްކުމަށް، އުރީދޫ އެޕް ޑައުންލޯޑު ކުރުމަށްފަހު އެމް-ފައިސާ ޓެބް ނަގައި، ފިތުރު ޒަކާތް ބެނާއަށް ފިތާލާށެވެ. އޭގެ ފަހުން ޒަކާތް ދެއްކުމަށް ބޭނުންވާ އަދަދާއި ބާވަތް ޙިޔާރުކޮށް، ޒަކާތް ދައްކަން ބޭނުން ފަރާތުގެ މައުލޫމާތު ފުރާލާނީއެވެ. ފައިސާ ދެއްކުމަށް...