Skip to main content
Topic Archive

#އެމްޓީސީސީ

1,245 Stories filed
ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް
Raajje

ދުވާފަރު މަގުހެދުމުގެ މަޝްރޫޢު ނިމުމަކާއި ގާތަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ރ.ދުވާފަރު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ދާދި ގާތަށް ގޮސްފައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހާމަކުރަމުން އެ ކުންފުނިން ބުނެފައިވަނީ ދުވާފަރު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މިގޮތުން މިހާރު ތާރު އަޅަންޖެހޭ ހުރިހައި މަގެއްގައި ތާރުއަޅާ ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަގުމަތީ ނިޝާނ...

އެމްޓީސީސީއަށް ތާރީޚީ ކާމިޔާބީއެއް
Business

އެމްޓީސީސީއަށް ތާރީޚީ ކާމިޔާބީއެއް

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ 40 އަހަރުގެ ދިގު ތާރީޚުގައި މިހާތަނަށް މާލީ އަހަރެއްގައި ހޯދި އެންމެ ރަނގަޅު މާލީ ނަތީޖާ، ހުސްވި 2020 ވަނަ އަހަރު ހޯދައި އެ ކުންފުނިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މިއަދު އާންމުކުރި އެމްޓީސީސީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ހިސާބަށް ބަލާއިރު އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން، ސާފު ފައިދާގެ ގޮތުގައި […]

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި
Raajje

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފި

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ މިއަދުއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފ...

ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް
Raajje

ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު އެމްޓީސީސީއަށް

ޅ. ފެލިވަރު ބިން ހިއްކުމާއި އެއްގަމު ތޮށިހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުއެވެ. މި މަޝްރޫޢުގެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީ.އީ.އޯ އަލްފާޟި...

ބިލެއްފަހި ބަނދަރުގެ އަމަލީ މަސައްކަތް ފަށަނީ
Thiladhunmathi News

ބިލެއްފަހި ބަނދަރުގެ އަމަލީ މަސައްކަތް ފަށަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މިކަން ހާމަކުރައްވައި އެމްޓީސީސީއިން މިއަދު ކޮށްފައިވާ ޓްވީޓްގައިވަނީ ށ.ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 18 ޖަނަވަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބަލައިޒް ކޮށްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެ ބަނދަރުގެ 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، ރޭމްޕެއް ހެދުމާއި އަދި 22 މީޓަރުގެ ގުރޯއި...

ހައި-ސްޕީޑް ފެރީ: ސެޕްޓެމްބަރު މަހު އުތުރުގެ 3 އަތޮޅަށް ޙިދުމަތް ދޭން ފެށަނީ
Thiladhunmathi News

ހައި-ސްޕީޑް ފެރީ: ސެޕްޓެމްބަރު މަހު އުތުރުގެ 3 އަތޮޅަށް ޙިދުމަތް ދޭން ފެށަނީ

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގެ (ހއ.، ހދ. ށ.) އަތޮޅުތަކަށް ޙިދުމަތް ދޭން ފެށޭނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީއާއި އިއްޔެ ވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށް...

ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް އެމް.ޓީ.ސީ.ސީ އަށް
Business

ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް އެމް.ޓީ.ސީ.ސީ އަށް

ހައި-ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅައިލުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ) އަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. ރައީސް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި ޚިޔާލު ބަދަލުކުރައްވައި މަޝްވަރ...

އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި
Raajje

އެމްޓީސީސީން އެންމެ އުތުރުގެ ދެ އަތޮޅުގެ ރައްޔިތުންގެ ގާތަށް ކުރާ ދަތުރު ފަށައިފި

އެންމެ އުތުރުގެ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމަށް، ރައްޔިތުންގެ ކުންފުނި” މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ދެއަތޮޅަށް ކުރާ ދަތުރު މިއަދު ފަށައިފިއެވެ. މިގޮތުން އެމްޓީސީސީގެ ޓީމުގެ ފުރަތަމަ މަންޒިލެއްގޮތުން ޒިޔާރަތްކޮށްފައި ވަނީ ހއ. ހޯރަފުއްޓަށެވެ. މި ޒިޔާރަތުގައި އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކާއި، އޮޑިދޯނި ފަހަރުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތު ފޯރުކޮށްދޭނެއެވެ. އެމްޓީސީސީގެ މި ޓީމު މިހާރު ހއ. އަތޮޅަށް ޒިޔާރަތް ކޮށްފައި...

އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި މިލަދޫ ބަނދަރުގެ 38 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
Raajje

އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި މިލަދޫ ބަނދަރުގެ 38 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހއ. އިހަވަންދޫ ބަނދަރުގެ 35 ޕަސެންޓް އަދި ނ. މިލަދޫ 38 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ 59 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 21،295 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައ...

އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް ޒިޔާރަތް ކުރަނީ
Raajje

އެމްޓީސީސީގެ ޓީމެއް ހއ. އަދި ހދ. އަތޮޅަށް ޒިޔާރަތް ކުރަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޓީމެއް ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރަން ނިންމައިފިއެވެ. އެމްޓީސީސީން ބުނީ މި ޓީމު ފުރަތަމަ ޒިޔާރަތް ކުރާނީ ހއ. އަތޮޅަށް ކަމަށެވެ. މިގޮތުން އެ އަތޮޅުގައި މި ޓީމު ހަރަކާތްތެރިވާން ހަމަޖެހިފައިވަނީ މިމަހުގެ 12 އިން 18ގެ ނިޔަލަށެވެ. އަދި ހދ. އަތޮޅުގެ ރަށްތަކަށް މި ޓީމު ދަތުރު ކުރާނީ ވެސް މިމަހުގެ 19 އިން 24 އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. މިދަތުރުގެ […]

ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
Raajje

ނެއްލައިދޫ ބަނދަރުގެ 42 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް އަންނަ ހދ. ނެއްލައިދޫ ބަނދަރުގެ 42 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެކުންފުނިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތަކުގެ 5 ޕަސެންޓް ވަނީ ނިމިފައިވާކަމަށެވެ. އެމްޓީސީސީއިން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުމާއި، ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އ...

އެމްޓީސީސީން ށ. ފޭދޫ ބަނދަރުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ
Thiladhunmathi News

އެމްޓީސީސީން ށ. ފޭދޫ ބަނދަރުގެ މަޝްރޫޢު ފަށަން ތައްޔާރުވެއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް ހަވާލުވެފައިވާ ށ. ފޭދޫ ބަނދަރުގެ މަޝްރޫޢޫގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. އެމްޓީސީސީން ބުނީ ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 5 ޖެނުއަރީ 2021 ގައި، އެ ކުންފުނީގެ ޓީމާއި، އެ މަސައްކަތަށް ބޭނުންވާނޭ އާލާތްތައް ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީޓީސީއާއި ހ...

އެމްޓީސީސީ އިން ތ އަތޮޅުން ލ އަތޮޅަށް ލޯންޗް ފެރީގެ ޚިދުމަތް ފަށައިފި
Raajje

އެމްޓީސީސީ އިން ތ އަތޮޅުން ލ އަތޮޅަށް ލޯންޗް ފެރީގެ ޚިދުމަތް ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ތ އަތޮޅާއި ލ އަތޮޅާއި ދެމެދު ލޯންޗް ފެރީގެ ޚިދުމަތް ފަށައިފިއެވެ. މިގޮތުން މިއަދުފެށި، މި ފެރީގެ ނިޒާމުގެ ތެރެއިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ  ތ. ވޭމަންޑޫގެ އިތުރުން އެ އަތޮޅު ތިމަރަފުށި އަދި ލ. ގަމެވެ. ހަފްތާއަކު ހަތަރު ދުވަހު މި ދަތުރުތައް ބޭއްވުމަށް ޝެޑިއުލް ކޮށްފައިވާއިރު އެ ދުވަސްތަކަކީ ހޮނިހިރު، އާދީއްތަ، އަންގާރައިގެ އިތުރުން ބުރާސްފަތި ދުވަހެވެ. މި […]

ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ 11% މަސައްކަތް ނިމިއްޖެ- އެމްޓީސީސީ
Raajje

ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ 11% މަސައްކަތް ނިމިއްޖެ- އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މަސައްކަތް ކުރަމުން އަންނަ ރ.ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 11 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މަޝްރޫޢުއާއި ގުޅޭގޮތުން އެމްޓީސީސީ އިން މިއަދު ކޮށްފައިވާ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ ދަށުން ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމެންޓް 28 ޑިސެމްބަރ 2020 ގައި ޕްރިޖެކްޓް ސައިޓަށް އަންލޯޑް ކުރެވިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ކޮށް...

ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް
Raajje

ދުވާފަރު ސިއްޙީ މަރުކަޒުގެ ޝުކުރު އެމްޓީސީސީއަށް

ރ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެ ސިއްޙީ މަރުކަޒުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ޝުކުރު އަދާކޮށްފިއެވެ. ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވާތީ، އެކަން ފާހަގަކޮށް ދުވާފަރު ސިއްޙީ މަރުކަޒުން ޝުކުރު އަދާކުރީ އެ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖާއި، ޓުވީޓާ މެދުވެރިކޮށެވެ. އެމްޓީޓީސީން ‏ދުވާފަރު ސިއްޙީ މަރުކަޒުގެ ކުރިމަތީ ޕޭވްމަންޓެއް އަޅައިދީފައިވަނީ، އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ...