އުނގޫފާރު މަގު ހެދުމުގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފި
ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ މަގުތަކުއި ތާރުއެޅުމުގެ މަސައްކަތްކަމަށެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި، އޭބީސީ ފަށަލަ އެޅުމާއި، ސަބްގްރޭޑް މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން އެ ރަށުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތ...