Skip to main content
Topic Archive

#އެމްޓީސީސީ

1,245 Stories filed
ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓްސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ދިއްގަރަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުކަމަށެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް...

އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި، މަހަކު 5،000ރ. ލިބޭނެ
Business

އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި، މަހަކު 5،000ރ. ލިބޭނެ

މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓެންޓް ސުޕަވައިޒަރުންނާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާމުވައްޒަފުންނާއި ވެލްޑިން ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރާނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހާހ...

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ
Thiladhunmathi News

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ހިނގާ ސަރަހައްދުގެ މަަސައްކަތް ކަމަށެވެ. މި މަސައްކަތުގެ  91 އިންސައްަތަ ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކޮށް، 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމު ކުރުމުގެ އިތުރުން، […]

ހުޅުދެލީ ބަނދަރުގެ ބޭރުތޮށީގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ހުޅުދެލީ ބަނދަރުގެ ބޭރުތޮށީގެ 68 އިންސައްތަ މަސައްކަތް ނިމިއްޖެ

ދ. ހުޅުދެލީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ 68 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެެ. މި މަޝްރޫއުގެ ދަށުން، 49,612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމުގެ މަސައްކަތް ކުރުމަށް ކުރާނެއެވެ. މީގެ އިތުރުން، 25...

ދޫނިދޫ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ދޫނިދޫ ބަނދަރު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ ދޫނިދޫ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ 85 އިންސައްތަމަސައްކަތް ނިމިފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން 4.61 އޭކަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް 3.75 އޭކަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެއެވެ. އަދި 370މީޓަރުގެ ސަރަހައްދެއ...

ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރު ބޭސިން ފުންކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެސަރަޙައްދެއްގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަހައ...

ފުޅަދޫ ބަނދަރުގެ މަސައްކަތް ނިމެނީ
Business

ފުޅަދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ބ. ފުޅަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީން) ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ބޭރު ތޮށި ލުމިގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޕޭވްމަންޓުގެ މަސައްކަތް ކަމަށް ވެސް އެކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 51,861.5 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 223 މީޓަރުގެ އެއްގަމު ތޮށި ލުމާއި 108 މީޓަރުގެ […]

ހަންޏާމީދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި
Business

ހަންޏާމީދޫ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފަށައިފި

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށި ލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) ފަށައިފިއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ދޯނި އެހެލާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުގެ ދަށުން 6,363.1 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 204 މީޓަރުގެ ބޭރު ތޮއްށި ލުމާއި 266 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތްކުރާނެއެވެ.   އަދި 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް...

ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދެމުން އައި ބަހުގެ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ރަސްމީކޮށްހަވާލުކޮށްފި އެވެ. ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުގެ މައި ބަސް ސްޓޮޕުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި  ބަހުގެ ހިދުމަތް ބަދަލު ކުރާ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި އެއްބަސްވުމާއެކު އެމްޕީއެލްގެ ދަށުން [...

ފޯކައިދޫ ބަނދަރުގެ ހާބާ ބޭސިންގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ފޯކައިދޫ ބަނދަރުގެ ހާބާ ބޭސިންގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ފުންކުރުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބާ ބޭސިންފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހަ...

ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Thiladhunmathi News

ހޯރަފުށީ އެއާޕޯޓު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާއެވެ. އަދިއެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސްބައިވެރިވެވަޑައިގެންނެވިއެވެ. އެމްޓީސީސީއާ މ...

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ
Thiladhunmathi News

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ވާރޑް އިމާރާތުގެ ސީލިންގެމަސައްކަތް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ލެބޯޓްރީއަކާއި ވާރޑް އިމާރާތެއްގެ އިތުރުން އޯ.ޕީ.ޑީ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެއެވެ. ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިއްޖެ...

އެމްޕީއެލް އިން ހިންގަމުންދިޔަ ގްރޭޓާރ މާލެ ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ
Business

އެމްޕީއެލް އިން ހިންގަމުންދިޔަ ގްރޭޓާރ މާލެ ބަހުގެ ޚިދުމަތް އެމްޓީސީސީއާ ހަވާލުކުރަނީ

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހިންގަމުންދިޔަ ގްރޭޓަރ މާލެ ބަހުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކުރަން ނިންމައިފިއެވެ. އެމްޕީއެލް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ ޓްރާންސްޕޯޓް ޑިޕާރޓްމެންޓުގެ ޖެނެރަލް އެސިސްޓަންޓު މެނޭޖަރ، މުޙައްމަދު މަޙުޖޫބް ވިދާޅުވީ އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ލިޔެކިޔުންތަކުގައި ސޮއިކުރެވި ރަސްމީގޮތެއްގައި އެމްޓީސީސީއާއި ހިންގުން ހަވާލު ކުރެވޭނެކަމަށެވެ. މީގެ އިތުރު...

ވޭވަށު ބަނދަރުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ވޭވަށު ބަނދަރުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

މ. ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ހާބަރު ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށް ބުންޏެވެ. މި މަޝްރޫއުގެ ދަށުން 66،831 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮށި ލުމާއި 380 މީޓަރުގެ އެއްގަމުތޮށި […]

އަނގޮޅިތީމު ބަނދަރުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި
Business

އަނގޮޅިތީމު ބަނދަރުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފި

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީމިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން ބަނދަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ. އަދި ޕޭވްމަންޓް ހެދުމުގެމަސައްކަތް މި ހަފުތާ ތެރޭ ފަށަން ހަމަޖެހި...