ކަމަދޫ ބަނދަރުގެ ބޮޑުބައެއް ނިމިއްޖެ
ބ. ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 78 އިންސައްތަ މަސައްކަތް ވަނީ މިހާރު ފުރިހަމަކުރެވިފައެވެ. އަދި ޖެޓީ ހެދުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމެންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން، 30,122 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 187 މީޓަރުގެ ބޭރުތޮށި [...