އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބުކޮށްފި އެވެ. ޝިފާއު އެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ކޮމިޓީގައި ވޯޓްދެއްވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ކުރިމަތިލައްވަފައިވަނީ ޝިފާއުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް...