މަކުނުދޫ ދާއިރާގެ މެންބަރުގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައި: ރައީސް
މަކުނުދޫ ދާއިރާގެ މެންބަރުގެ މުޙައްމަދު ރާޢީގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ މަކުނުދޫ ދާއިރާގެ ރަށްތަކުގައި މިހާރު ފެށިފައިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ”ރަށްވެހި ފަތިސް”ކެމްޕެއިންގެ ދަށުން، ކުމުންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލި ކެނޑިޑ...