މާޒީގެ ތެރެއިން ތިލަދުންމަތީ ދަނޑުވެރިން (4)
ރަށުންފޭބުން: މިއީ ދަނޑަށް ދިޔުމުގެ އެންމެ ފަހުގެ މަރުޙަލާއެވެ. މިކަންކުރަމުންގެންދާނީ ވަކި އުސޫލަކުން ތަރުތީބުކުރެވިގެން ކުރެވޭ ކަމެކެވެ. ރަށްވެރި ދޯންޏަކީ ދަނޑަށް އެރި ހުރިހާ ބައިވެރީންގެ ދޯންޏަކަށްވީހިނދު ހުރިހާ ބައިވެރީން ސާމިލްވާގޮތެއްގައި އެކަން އިންތިޒާމް ހަމަޖެހުމަކީ އެންމެ ބުއްދި ވެރި ގޮތްކަމަށް ވާއިރު އެހުރު މީހާ އެގޮތްތައް ކަނޑައަޅާނީ ގޮވާން ކަޑައި ނިމޭ ގޮތެއްގެ މައްޗަށެވެ. ފުރަތަމަ ނިމޭ މީހާގެ ގޮވާންތައް ގެންދިއުމަށް ފަޅުވެރީން ހަމަޖައްސައިދޭނީ ވަކި ތަރުތީބަކުންނެވެ. ފުރަތަމަ ބުރުގައ...