Skip to main content
Topic Archive

#ހައިކޯޓު

171 Stories filed
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ
Raajje

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބުދަ ދުވަހު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފުގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަން ސާބިތުވެ, 11 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ މައްސަލާގެ […]

ގާތުން ދޭ ކުއްޖަކު މަންމައާ ވަކިކޮށްފައި, ކުއްޖާ ހަވާލުކުރަން އަމުރެއް
Raajje

ގާތުން ދޭ ކުއްޖަކު މަންމައާ ވަކިކޮށްފައި, ކުއްޖާ ހަވާލުކުރަން އަމުރެއް

ގާތުން ދޭންޖެހޭ ތުއްތު ކުއްޖަކާއި ތިން އަހަރުގެ ކުއްޖަކު މަންމައާ ވަކިކޮށްގެން ބައްޕަ ގެންގުޅެނިކޮށް އެ ކުދިން މަންމައާ އަނބުރާ ހަވާލުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މަންމަ އަށް ނާންގައި ބައްޕަގެ ގެއަށް ދެ ކުދިން ގެންދިއުމަށް ފަހު، އެ ކުދިންނާ މަންމައަށް ބައްދަލު ކުރެވޭނީ ބައްޕަ ބޭނުންވާ ގޮތަށް އެއްބަސްވެގެން ބައްޕަގެ ގޭގައި ހުރުމުން ކަމަށް އެންގި އެވެ. ފެމިލީ ކޯޓަށް މަންމަގެ ފަރާތުން މައްސަލަ ހުށަހަޅައި، އެ މައްސަލަ ނިމެންދެން ކުދިން […]

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް
Raajje

މޫނު ބުރުގާގައި ސްކޫލަށް ދެވޭ ގޮތަށް ވަގުތީ އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭ ފަދަ ވަގުތީ އަމުރެއް ނުދޭން ސިވިލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. އަރަބިއްޔާގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދިއުން ހުއްޓުވާތީ އެކަމާ ދެކޮޅަށް ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ދެވޭފަދަ ވަގުތީ އަމުރަކަށް އެދުނެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނިންމީ އަމުރު ނެރެނުދިނުމަށެވެ. އެ ނިންމުން އިސްތިއުނާފް […]

ޓީޗިން ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދޭން ހައި ކޯޓުން ވަގުތީ އަމުރެއް
Raajje

ޓީޗިން ކޯސްތައް އޮންލައިންކޮށް ކިޔެވުމުގެ ފުރުސަތު ދޭން ހައި ކޯޓުން ވަގުތީ އަމުރެއް

ޓީޗީން ދާއިރާގެ ކޯސްތައް އޮންލައިންކޮށް ނުކިޔެވޭ ގޮތަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ނިންމާފައި އޮތްއޮތުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އެމްކިއުއޭއިން މިދިޔަ އަހަރު ހެދި އީ ލާނިން ގައިޑްލައިން އޮތްގޮތް އަށް ދާއިރާއެއްގެ ކޯސްތައް އޮންލައިންކޮށް ކިޔަވައި ނުދެވެ އެވެ. އެ ގައިޑްލައިންގެ އެ މާއްދާ ގާނޫނާ ހިލާފް ކަމަށް ބުނެ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅީ މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިންނެވެ. އެ މައްސަލަ […]

ޔާމީންގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ
Raajje

ޔާމީންގެ މައްސަލަ ހައި ކޯޓުން މާދަމާ ނިންމަނީ

ވ. އާރަށް މައްސަލާގައި 52 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެންގި މައްސަލާގެ ހުކުމް މާދަމާ އިއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ. އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް 52 މިލިއަން ރުފިޔާ ދައްކަން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އެންގީ އެ މައްސަލާގައި ލޯންޑާކުރި ފައިސާ ދައުލަތަށް ނެގުމުގެ ގޮތުންނެވެ. އެ […]

ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވާލީ ރަނގަޅަށް: ހައިކޯޓް
Raajje

ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވާލީ ރަނގަޅަށް: ހައިކޯޓް

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން ސިވިލް ކޯޓުން ހުއްޓުވީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން މިދިޔަ އަހަރު އަމުރެއް ނެރުނީ އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލުމަށެވެ. އެ އަމުރު ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. ހައި ކޯޓުގެ ދެ ފަނޑި...

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި
Raajje

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ މިއަދު ހައި ކޯޓުން […]

ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން ހައި ކޯޓުން އަންގައިފި
Raajje

ސަން ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން ހައި ކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނިން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައިވާތީ އެ ފައިސާ ދެ ހަފުތާ ތެރޭގައި ދައްކަން މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ހުކުމްކުރި […]

ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި
Raajje

ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް ހައި ކޯޓުން ހުއްޓުވައިފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރިކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ. އެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އެންގީ އެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި […]

52 މިލިއަން ދައްކަން ޔާމީނަށް އެންގުމުން ހައި ކޯޓުގައި ޕީޖީ ހޫނުފެނަށް
Raajje

52 މިލިއަން ދައްކަން ޔާމީނަށް އެންގުމުން ހައި ކޯޓުގައި ޕީޖީ ހޫނުފެނަށް

ވ. އާރަށް މައްސަލާގައި 3.4 މިލިއަން ޑޮލަރު (52 މިލިއަން ރުފިޔާ) ދައްކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އަމުރުކުރި މައްސަލާގައި ހައި ކޯޓުގައި ދައުލަތް މިއަދު ހޫނުފެނަށް ވެއްޓިއްޖެ އެވެ. އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރަށް ލޯންޑާކުރި 52 މިލިއަން ރުފިޔާ ހަ މަސް ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް އަމުރުކުރި އެވެ. އެ އަމުރު […]

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން އެދެފި
Raajje

ޔާމީންގެ ފުއްގިރި މައްސަލަ މަޑުޖައްސާލަން އެދެފި

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް މަޑުޖައްސާލުމުގެ އަމުރެއް ނެރެދޭން އެ މަނިކުފާނުގެ ފަރާތްޕުޅުން މިއަދު ހައި ކޯޓުގައި އެދިވަޑައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކޮށް, އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. […]

ބޯޓުގެ މައްސަލާގައި ބައްޕަ ގޮވައިގެން ކައިޒީން ހައި ކޯޓަށް
Raajje

ބޯޓުގެ މައްސަލާގައި ބައްޕަ ގޮވައިގެން ކައިޒީން ހައި ކޯޓަށް

ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރި ދައުވާގައި ކައިޒީން އެދުނު ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމުމުން އެ މައްސަލަ ކައިޒީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ކައިޒީން، އޭނާގެ ބައްޕައާ ދެކޮޅަށް ދައުވާކުރީ 3.6 މިލިއަން ރުފިޔާ ދީގެން ބައްޕަ ލައްވައި ބޯޓު ގަތުމުން، ކައިޒީންގެ ރުހުން ނެތި ބައްޕަގެ ނަމުގައި ބޯޓު ރަޖިސްޓަރީ ކުރި ކަމަށް ބުނެ […]

ސައިކަލު މަޑިދަށުން ފެނުނު ޑްރަގަށް ޒިންމާވާން ޖެހި, އުމުރަށް ޖަލަށް
Raajje

ސައިކަލު މަޑިދަށުން ފެނުނު ޑްރަގަށް ޒިންމާވާން ޖެހި, އުމުރަށް ޖަލަށް

ސައިކަލުގެ މަޑިދަށުން ފެނުނު މަސްތުވާތަކެއްޗަށް ސައިކަލުގެ ވެރިމީހާ ޒިންމާވާން ޖެހި، އޭނާ އުމުރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޖެނުއަރީ 2018 ގައި ހުޅުމާލެ އިން މާލެ އައި ފެރީއަކުން ގެނައި ސައިކަލެއް ފުލުހުން ހުއްޓުވައި ފާސް ކުރިއިރު ސައިކަލުގެ މަޑިދަށުން 248 ގްރާމްގެ ޑްރަގް ފެނުނެވެ. އެ ވަގުތު ސައިކަލު ދުއްވަން އިން ވެރިމީހާގެ މައްޗަށް ދައުވާ ކުރިޔަސް، ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ ކުށް ސާބިތުނުވާ ކަމަށެވެ. ހައި ކޯޓުން ކުރި […]

މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް
Raajje

މަގު ކޮނުމުގެ ފީ ބޮޑުކުރި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

މާލޭގެ މަގު ކޮނުމުގެ ފީ ބޮޑުކުރަން މާލޭ ސިޓީ ކައުންސިލުން ހެދި އުސޫލު ބާތިލްކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. މާލޭގެ މަގުތަކުގެ މަސައްކަތް ކުރުމާ ބެހޭ އުސޫލާއި މަގު ކޮނުމާބެހޭ އުސޫލެއް އެކުލަވާލައި، އެ މަސައްކަތުގެ ފީތައް ބޮޑުކުރަން ސިޓީ ކައުންސިލުން ނިންމި މައްސަލާގައި އެ ދެ އުސޫލު ބާތިލް ކުރަން ސްޓެލްކޯ އިން ހައި ކޯޓަށް ހުށަހެޅީ އެއީ ގާނޫނާ ހިލާފު އުސޫލުތަކެއް […]

ވެމްކޯގެ ކުރީގެ އެމްޑީގެ މައްސަލަ ހައިކޯޓުން ވެސް ނިންމީ ނުބެލޭނެ ކަމަށް
Raajje

ވެމްކޯގެ ކުރީގެ އެމްޑީގެ މައްސަލަ ހައިކޯޓުން ވެސް ނިންމީ ނުބެލޭނެ ކަމަށް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއުއަށް ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް އިއްޔެ ނިންމައިފި އެވެ. ޝިފާއުގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ކުރީ، ވެމްކޯއަށް ޑިސެމްބަރު, 2017 ގައި ޑަމްޕް ޓްރަކެއް ގަންނަން ޝިފާއުއާ ވިޔަފާރީގެ ގުޅުން އޮންނަ މީހެއްގެ، ކިއުބެކް އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދި މައްސަލައިގަ އެވެ. ވެމްކޯއަށް […]