ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް: ފައިނަލްގެ ދެވަނަ ޖާގަ ނޮޅިވަރަމް ސީއާރުސީ އަށް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ނޮޅިވަރަންފަރުގައި މިހާރު ކުރިޔަށްދާ ފިރިހެން ޑިވިޜަންގެ ދެވަނަ ސެމީގައި ހަނިމާދޫ ބަލިކޮށް ނޮޅިވަރަމް ސީ.އާރު.ސީ ފައިނަލްގެ ދެވަނަ ޖާގަ ހޯދައިފިއެވެ. ބުރާސްފަތި ދުވަހުގެރޭ ކުޅުނު ސެމީފައިނަލް ނޮޅިވަރަމް ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއިންނެވެ. ފުރަތަމަ ސެޓް ފަސޭހަކަމާއެކު ނޮޅިވަރަމް ގެންދިޔައީ 25-15އިންނެވެ. ދެވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ނޮޅިވަރަމް ގެންދިޔައީ 26-24 އިންނެވެ. ކުރީ ދެ ސެޓާ ހިލާފަށް 3 ވަނަ ސެޓް އަދި ހަތަރުވަނަ ސެޓް ގައި […]