Skip to main content
Topic Archive

#ހދ ނޮޅިވަރަންފަރު

184 Stories filed
ނަޞްރުގެ ދުވަހާއި ގުޅުވައިގެން ނޮޅިވަރަންފަރު އަންހެނުންގެ ކޮމިޓީން ކަނބަލުންނަށް ޚާއްޞަ ފޮޓޯ ޗެލެންޖެއް
Thiladhunmathi News

ނަޞްރުގެ ދުވަހާއި ގުޅުވައިގެން ނޮޅިވަރަންފަރު އަންހެނުންގެ ކޮމިޓީން ކަނބަލުންނަށް ޚާއްޞަ ފޮޓޯ ޗެލެންޖެއް

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހާއި ގުޅުވައިގެން ހދ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ފޮޓޯ ނެގުމުގެ ޗެލެންޖެއް ބާއްވަން ނިންމައިފިއެވެ. އެ ކޮމިޓީން ވިދާޅުވީ މި ފޮޓޯ ޗެލެންޖަކީ އަންހެން ކަނބަލުންނަށް ޚާއްސަ ކޮށްގެން ބާއްވާ ފޮޓޯ ޗެލެންޖެއް ކަމަށެވެ. މި ޗެލެންޖްގައި ފޮޓޯ ނަގަންޖެހެނީ “ނަޞްރުގެ ދުވަސް” މި ތީމް އާއި ގުޅުވައިގެންނެވެ. ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެންމެ ފޮޓޯ އެކެވެ. އަދި ފޮޓޯ ހުށަހަޅާއިރު ހުންނަންވާނީ ‘ޖޭޕީޖީ’ ނުވަތަ ‘ޕީއެންޖީ’ ފައިލް […]

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ދެ ޖިންސަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ބާއްވަނީ
Thiladhunmathi News

ނޮޅިވަރަންފަރު އަންހެނުންގެ ކޮމެޓީން ދެ ޖިންސަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ބާއްވަނީ

ހދ.ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށުގެ ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ޖަނާޒާ ވޯކްޝޮޕެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. ނޮޅިވަރަންފަރު ޑަބުލިއު.ޑީ.ސީ އާއި ދާރުލް ޤުރުއާން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 16 އޮކްޓޯބަރ 2021 ވާ ހޮނިހިރު ދުވަހުއެވެ. މި ވޯކްޝޮޕްގައި ކިޔަވައި ދެއްވުމަށް ހަމަޖެހިފައިވަނީ އަލްއުސްތާޛް ޢަބްދުލް ލަތީފް އަޙްމަދެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ...

ނޮޅިވަރަންފަރުގައި "ﷲ އަށް ޓަކައި މިސްކިތެއް" ބިނާކުރުމުގައި ބައިވެރިވުމުގެ އިތުރު ފުރުޞަތެއް
Thiladhunmathi News

ނޮޅިވަރަންފަރުގައި "ﷲ އަށް ޓަކައި މިސްކިތެއް" ބިނާކުރުމުގައި ބައިވެރިވުމުގެ އިތުރު ފުރުޞަތެއް

މާތް ﷲ އަށް ޓަކާއި މިސްކިތެއް ބިނާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އަނެއްކާވެސް ހދ. ނޮޅިވަރަންފަރު ކައުންސިލުން ހުޅުވާލައިފި އެވެ. މީގެ ކުރިންވެސް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެރަށު ސިއްޙީ މަރުކަޒުގެ ދެކުނު ސަރަހައްދުގައި މިސްކިތެއް އެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެރަށު ކައުންސިލުން ވިދާޅުވީ އެ ރަށުގައި މީހުން އަލަށް އާބާދުވެފައިވާ ސަރަހައްދުގައި މިސްކިތެއް ބިނާކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންނަމަވެސް، މިސްކިތެއް ބިނާކުރުމަށް ބޭނުންވާވަރަށް ފައިސާ އެ ކައުންސ...

އިޚްލާސް ޤުރުއާން ކުލާހުން ހދ އަތޮޅުގެ 4 ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި
Thiladhunmathi News

އިޚްލާސް ޤުރުއާން ކުލާހުން ހދ އަތޮޅުގެ 4 ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ އިޚްލާޞް ޤުރުއާން ކުލާހުން ހދ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފިއެވެ. އިޚްލާސް ޤުރުއާން ކުލާހާއި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާ ގުޅިގެން، ނޮޅިވަރަންފަރާއި، ނޮޅިވަރަމާއި ކުރިނބީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައި ވަނީ 02 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ހޯލުގައެވެ. އެ ދަސްވެނިވުމ...

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް
Thiladhunmathi News

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް އިން އެ ރަށު ސްކޫލުގައި “ރީޑިން” ޕާކެއް

ހދ. ނޮޅިވަރަންފަރު ސްކޫލުގައި ދަރިވަރުން ފޮތް ކިޔަން ތިބެން ހާއްސަ ރީޑިން ޕާކެއް ހަދައިފިއެވެ. މި ޕާކު ތަރައްގީކޮށްފައިވަނީ އެ ރަށުގެ ޖަމިއްޔާއެއްކަމަށްވާ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބީއެމްއެލް ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައެވެ. މިއީ އެ ރަށުގެ ސްކޫލް ދަރިވަރުންނާއި ރަށުގެ ރައްޔިތުން ފޮތް ކިއުމުގެ ޝައުގުވެެރިކަން އުފައްދައި ފަސޭހަކަމާއެކު ފޮތް ކިޔޭނެ މާހައުލެއް ގާއިމްކުރުމަށް ހިންގި ޕްރޮޖެކްޓެއް ކަމަށް ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ބުންޏެވެ. މި ޕާކުގައި ބަހައްޓާފައިވާ ފޮތް ހަރުގަނ...

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޯސް ނިންމާލައިފި
Thiladhunmathi News

ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޯސް ނިންމާލައިފި

ހދ. ނޮޅިވަރަންފަރުގައި ކުރިއަށް ގެންދިޔަ ” އެފްއޭއެމް “ޑީ” ސެޓިފިކެޓް ފުޓްބޯޅަ ކޯޗިން ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު ކައުންސިލާއި، ނޭޝަނަލް އިންސްޓިޓިއުޝަން އޮފް ސްޕޯޓްސް އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މި ކޯސް ނޮޅިވަރަންފަރުގައި ކުރިއަށް ގެންގޮސްފައި ވަނީ ހުސްވި ސެޕްޓެމްބަރު މަހުގެ 22 އިން 30 އަށެވެ. ކޯސް ކުރިއަށް ގެންގޮސްދެއްވާފައި ވަނީ ރާއްޖޭގެ މަޝްހޫރު އަދި ތަޖުރިބާކާރު ފުޓްބޯޅަ ކޯޗް […]

ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި
Thiladhunmathi News

ނޮޅިވަރަންފަރު ފަޅުން ވެލިނެގުން މަނާކޮށްފި

ހދ. ނޮޅިވަރަންފަރު ފަޅުން ވެލި ނެގުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މިގޮތުން ވެލިނެގުން މަނާކޮށްފައި ވަނީ މިފެށޭ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި ނޮޅިވަރަންފަރު ފަޅުގެ އެއްވެސް ހިސާބަކުން ވެލި ނުނެގުމަށް ނޮޅިވަރަންފަރު ކައުންސިލުން ވަނީ އަންގާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވި ގޮތުގައި މި ނިންމުން ނިންމާފައި ވަނީ އެރަށުގެ ފަޅުތެރޭގައި އުފެދިފައިވާ ފިނޮޅު ވަރަށް ބޮޑަށް ގިރައިގެން ގޮސްފައިވުމާއެކު، ފަޅުން ވެލިނެގުން މ...

ޕީސީއާރު ނުހަދައި ދަތުރުކުރެވޭ 63 ރަށެއް، ތިލަދުންމަތީގެ އިތުރު ދެރަށް ހިމެނޭ
Thiladhunmathi News

ޕީސީއާރު ނުހަދައި ދަތުރުކުރެވޭ 63 ރަށެއް، ތިލަދުންމަތީގެ އިތުރު ދެރަށް ހިމެނޭ

ކޯވިޑް-19ށް ޓެސްޓު ނުކޮށް ދެވޭ ރަށްތަށް އެޗްޕީއޭއިން އާންމުކުރި އިރު އޭގެ ތެރޭގައި ޕީސީއާރު ޓެސްޓާއިނުލާ ދަތުރުކުރެވޭ ތިލަދުންމަތީގެ އިތުރު ދެ ރަށެއް ހިމަނައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗް.ޕީ.އޭ)ގެ އިން ކަނޑައަޅާފައިވާ މިނގަނޑަށް ވެކްސިން ފުރިހަމަކުރި ރަށްތައް ކުރިން ވެސް އާންމުކޮށްފައިވާއިރު 2 ސެޕްޓެމްބަރުގައި އާންމު ކުރި ލިސްޓްގައި އޮތީ ތިލަދުންމަތީގެ 4 ރަށެކެވެ. އެއީ ހއ. އުލިގަމް، ހއ. މުރައިދޫ، ހދ. ހިރިމަރަދޫ އަދި ހދ. ނެއްލައިދޫ އެވެ. އެޗްޕީއޭއިން އެންމެފަހުން އާންމު ކުރި […]

ނޮޅިވަރަންފަރުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ
Thiladhunmathi News

ނޮޅިވަރަންފަރުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފަށަނީ

ހދ. ނޮޅިވަރަންފަރުގައި އެޑްވާންސް ލެވެލްގެ ފަހަން ދަސްކޮށްދޭ ކޯހެއް ފެށުމަށްޓަކައި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯހެކެވެ. ނޮޅިވަރަންފަރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ނަޒްމީނާ އަޙްމަދު ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރު ތަޖުރިބާކާރު ފެހުންތެރިއެއް ކަ...

ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ .ނޮޅިވަރަންފަރުގައި ކުނި މެނޭޖުކުރާ މަރުކަޒު ޢިމަރާތްކޮށް ތަރައްޤީ ކޮށްދޭނެފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 16 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ބާވަތުގެ މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ. މި މަސައްކަތަށް އެދި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 21 ސެޕްޓެމްބަރ 2021 ވާ...

ނޮޅިވަރަންފަރު ރައްޔިތުން އަދިވެސް ގޭގައި، ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް
Thiladhunmathi News

ނޮޅިވަރަންފަރު ރައްޔިތުން އަދިވެސް ގޭގައި، ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މޮނިޓަރިން ހާލަތުން ވީއްލާފައި ވީނަމަވެސް އަދިވެސް ރައްޔިތުންތިބީ ގޭގައި ކަމަށާއި، މިރޭ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ނޮޅިވަރަންފަރު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގީ އިއްޔެ 15:29 އިން ފެށިގެންނެވެ. އޭރުވެސް އެރަށުގައި ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ހިނގަމުންނެވެ. މޮނިޓަރިން ހާލަތުން ނެގިކަން އަންގާ އެރަށު ކައުންސިލަށް ފޮނުވި ލިޔުމުގައި އެޗްޕީއޭއިން ބުނެފައި ވަނީ އާންމު ސިއްހަތުގެ...

މޮނިޓަރިން ހާލަތުން ނަގާފައި އޮތް ނަމަވެސް ފިޔަވަޅުތަކަށް ބޯލެނބުމުގައި ދެމި ތިބުމަށް އެދެފި
Thiladhunmathi News

މޮނިޓަރިން ހާލަތުން ނަގާފައި އޮތް ނަމަވެސް ފިޔަވަޅުތަކަށް ބޯލެނބުމުގައި ދެމި ތިބުމަށް އެދެފި

ކޯވިޑް-19އާ ގުޅިގެން ހދ. ނޮޅިވަރަންފަރު މޮނިޓަރިން އަށް ލާފައި އޮތުމަށް ފަހު ރަށް އެ ހާލަތުން ނެގިޔަސް، ކޯވިޑް ފެތުރުން ކޮންޓްރޯލްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުންމަތީ ދެމި ތިބުމަށް ނޮޅިވަރަންފަރު ޓާސްކްފޯހުން އިލްތިމާސްކޮށްފިއެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވް ކޭހެއް ފެނި ރަށް މޮނިޓަރިން އަށް ލުމަށް ފަހު މޮނިޓަރިން އިން ނެގީ އިއްޔެއެވެ. އެކަމަކު އަދިވެސް ރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނުނިމޭ ކަމަށް އެރަށު ސިއްހީ […]

ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނިކޮށް ނޮޅިވަރަންފަރު މޮނިޓަރިން ހާލަތުން ނެގުމުން ރަށަށް ހާސްކަން
Thiladhunmathi News

ކޮންޓެކްޓް ޓްރޭސިން ހަދަމުން ދަނިކޮށް ނޮޅިވަރަންފަރު މޮނިޓަރިން ހާލަތުން ނެގުމުން ރަށަށް ހާސްކަން

ކޯވިޑްގެ ހާލަތު ގޯސްވަމުން އަންނަ ހދ. ނޮޅިވަރަންފަރުން އިތުރު ޕޮޒިޓިވް ކޭސްތައް ފެންނަމުންދާތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން ދަނިކޮށް އެރަށް މޮނިޓަރިން ހާލަތުންނެގިކަން އަންގައިފިއެވެ. ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ އެރަށް މޮނިޓަރިން ހާލަތުން ނެގިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެންގީ ކުއްލި އަކަށް މިއަދު 3 ޖަހާކަށްހާއިރު ކަމަށެވެ. އަދި އެ އެންގުން އެންގި އިރުވެސް ދިޔައީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންކަމަށެވެ. ރަށުން އި...

ނޮޅިވަރަންފަރަށް އިތުރު ހާސްކަން، ޕޮޒިޓިވްވި އަދަދު 22އަށް އަރައިފި
Thiladhunmathi News

ނޮޅިވަރަންފަރަށް އިތުރު ހާސްކަން، ޕޮޒިޓިވްވި އަދަދު 22އަށް އަރައިފި

ހދ. ނޮޅިވަރަންފަރުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 22 އަށް އަރައިފިއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް “ތިލަދުން”އަށް ވިދާޅުވީ، އިއްޔެއާއި އޭގެ ކުރީ ދުވަހު ނެގުނު ސާމްޕަލް ތަކުން 12 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. “އޭގެތެރޭގައި ފްލޫ ސާމްޕަލާއި، ރެންޑަމް ސާމްޕަލް ވެސް ހިމެނޭ” ނަދީމް ވިދާޅުވިއެވެ. އިއްޔެގެ ހަވީރު 6:00ގެ ނިޔަލަށް ކޯވިޑަށް ޓެސްޓް ކުރުމަށް ޖުމްލަ 333 ސާމްޕަލެއް އެރަށުން ވަނީ ނަގާފައެވެ. އޭގެތެރެއިން 311 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނޮޅިވަރަން...

ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް
Thiladhunmathi News

ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ކުއްލި މައްސަލައެއް

ކޯވިޑް ބަލީގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ. މަޖިލިސްއަށް މި މައްސަލަ ހުށަހަޅުއްވާފައި ނޮޅިވަރަމް ދާއިރާގައި މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. މޮސްޓާ ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ވިދާޅުވެފައި ވަނީ، ކޯވިޑް-19ގެ މި ހާލަތުގައި ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. މިގޮތުން އާބާދީގައި 2770 އަށްވުރެ ގިނަ މީހުން...