''ސާރާ އާއިއެކު މަކުނުދޫ'': ނަމޫނާ ހަރަކާތެއް، ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލުކޮށްފި
ހދ. މަކުނުދޫގައި ދަރުމައަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މަކުނުދޫ ޔޫތު މޫވްމަންޓް (އެމްވައިއެމް)ގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ”ސާރާއާއިއެކު މަކުނުދޫ” ހަރަކާތް ނަމޫނާ ހަރަކާތެއް ގޮތުގައި ނިންމާލައި، އެ ހަރަކާތުން ލިބުނު ފައިސާގެ އެހީ ޢާއިލާއާއި ހަވާލު ކޮށްފިއެވެ. މި ހަރަކާތަކީ މައިބަދާގައި ޓިއުމަރެއް އުފެދިފައި ވުމުގެ ސަބަބުން އިންޑިއާގައި ފަރުވާ ހޯދަމުންދާ ހދ. މަކުނުދޫ، އުމުރުން 1 އަހަރުގެ ސާރާ ޝުރައިހް މުޙައްމަދަށް އެހީތެރިވުމުގެ ގޮތުން އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދ...