Skip to main content
Topic Archive

#ހދ ކުރިނބީ

77 Stories filed
ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި
Raajje

ކުރިނބީ ޤުރުއާން ޓީޗަރަށް ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި

ކުރިނބީ ސްކޫލްގެ ޤުރުއާން ޓީޗަރ މުހައްމަދު ރަފީޤް (ގާރީ ސަރ) އަށް، ހާޓް އެޓޭކެއްޖެހި އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ފިރިހެނަކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި މިއަދު މާލެ ގެނެސްދީފައިވާކަމަށެވެ. އުމުރުން 52 އަހަރުގެ މުހައްމަދު ރަފީޤް، މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އޭނ...

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 42.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގަ...

ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް
Thiladhunmathi News

ފިއްލަދޫއަށް ލެއްގީ ކަޅު ބުދެއް، ކުރިންބަށް 1 ފޫޓުގެ ލަކުޑި ބުދެއް

ހއ. ފިއްލަދޫ އާއި ހދ. ކުރިންބަށް ވެސް ބުދެއް ލައްގައިފި އެވެ. ކުރިނބީ ކައުންސުލްގެ ރައީސް އަބްދުﷲ އަސްލަމް މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު އެރަށު ގޮނޑުދޮށުން 1 ފޫޓު ހުންނަވަރުގެ ބުދެއް ހޮވާފައިވާ ކަމަށެވެ. އެބުދު މިހާރު އޮތީ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގަ އެވެ. ފިއްލަދޫއިން ބުދެއް ފެނިފައިވަނީ އިއްޔެއެވެ. އެހެން ރަށްރަށް ލައްގަމުން އަންނަ ބުދުތަކާއި ހިލާފަށް މިބުދު އޮތީ ކަޅުކުލައިގަ އެވެ. ފިއްލަދޫ ކައުންސިލް މެންބަރު މުޙައްމަދު މޫސާ ވިދާޅުވީ […]

"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި
Raajje

"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި

ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމަށް ސަރުކާރުން ތައާރަފްކުރި “ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އިފްތިތާޙުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ރޭގެ މޖަލްސާގައި ވަނީ “ގްރީނ...

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ކުރިނބީގައި ކުޑަކުދިންގެ ޕާކެއް އެޅުމަށް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ކުރިނބި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ ހާވިލާ ކާޕެންޓްރީއެވެ. މިއެއްބަސްވުމުގައި ހާވިލާގެ ފަރާތުން ސޮއި ކޮށްފައިވަނީ އެކުންފުނީގެ ވެރިޔާ މުޙައްމަދު ސަލީމްއެވެ. ކުރިނބި ކައުންސިލްގެ ފަރާތުން ސޮއި ކޮށްފައިވަނީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހްއެވެ. ކުރިނބި ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ސިޔާހް “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ކައުންސިލްގެ ބަޖެޓްއިން ހޭދަ...

ކުރިނބީ ގޮނޑުދޮށުން ވެލި ނެގި ދެ ބިދޭސީއަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި
Thiladhunmathi News

ކުރިނބީ ގޮނޑުދޮށުން ވެލި ނެގި ދެ ބިދޭސީއަކު ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި

ޤަވާޢިދާ ޚިލާފަށް ހދ. ކުރިނބީ ގޮނޑުދޮށުން ވެލިނެގި 2 ބިދޭސީއަކު ޖޫރިމަނާ ކޮށްފިއެވެ. “ތިލަދުން” މައުލޫމާތު ދެއްވަމުން ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ އެރަށު ގޮނޑުދޮށުން ވެލި ނަގާފައިވަނީ ބަންގްލަދޭޝްގެ 2 ރައްޔިތުން ކަމަށެވެ. މި ދެމީހުން ގޮނޑުދޮށުން ވެލި ނަގަމުންދާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 26 ވަނަ ދުވަހު ކަމަށާއި އެކަމުގެ ރިޕޯޓު ލިބުމުން ވަގުތުން ކައުންސިލުން އެސަރަހައްދަށް ގޮސްފައިވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ކައުންސިލުން...

ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ
Thiladhunmathi News

ހދ. އަތޮޅުން އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2020” ގެ ލޯކަލް ކައުންސިލްތަކުގެ ރޭންކިން އިން ހދ. އަތޮޅުން، އެންމެ ރަނގަޅު ކައުންސިލަކަށް ކުރިނބީ ކައުންސިލް ހޮވިއްޖެއެވެ. ކުރިނބީ ކައުންސިލުން ވަނީ 2019 ވަނަ އަހަރު މި ރޭންކިންގެ 2 ވަނަ ހޯދާފައެވެ. އެ އަހަރު އެއްވަނަ ހޯދި ނެއްލައިދޫ މިފަހަރު ވަނީ ދެވަނައިގައި ހިމެނިފައެވެ. ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް […]

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުންހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި...

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ރަޖިސްޓަރީގެ ކަންކަން ނިންމެވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. އޮންލައިން ފޯމް: https://shorturl.at/wEKLU މި މަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވ...

ކުރިނބީ ކައުންސިލާއި ކޯޓު ފަޅާލާ ވައްކަން ކޮށްފި
Thiladhunmathi News

ކުރިނބީ ކައުންސިލާއި ކޯޓު ފަޅާލާ ވައްކަން ކޮށްފި

ހދ.ކުރިނބީ މެޖިސްޓްރޭޓް ކޯޓް އަދި ކުރިނބީ ކައުންސިލް އިދާރާގެ އޮފީހުގެ ތިޖޫރީ ފަޅާލައި އަގު ބޮޑު ބައެއް ތަކެތި ވަގަށް ނަގައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން ކައުންސިލް އިދާރާ އޮފީހުގެ ތިޖޫރީއިން -/1000 (އެއްހާސް ރުފިޔާ) ވަގަށް ނަގާފައިވާއިރު ކޯޓުގެ ތިޖޫރީއިން -/500 (ފަސްސަތޭކަ ރުފިޔާ) ވަގަށް ނަގާފާއިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާއިން ޑިޖިޓަލް ކެމަރާއަކާއި ކޯޓުން ލެޕްޓޮޕ...

ކުރިނބީގައި ކުރިއަށް ގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ކުރިނބީގައި ކުރިއަށް ގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ހދ. ކުރިނބި ކައުންސިލްއާއި ކުރިނބި “ޔޫތް މޫވްމަންޓް” ޖަމްޢިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ އެރަށުގެ ދަނޑުވެރިން ތަމްރީން ކުރުމުގެ ކޯސް ނިންމާ، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމްއެވެ. ނޮވެމްބަރ މަހުގެ 4 އިން 6 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔާވާދެެއްވާފައިވަނީ ޕްރައިމް ފަރޓިލައިޒަރގެ ޓްރެއިނަރ މުޙައްމަދު ޒާހިރެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ޔޫތް މޫވްމަންޓް...

ކުރިނބީގައި އަޅާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުރިނބީގައި އަޅާ ކުޑަކުދިންގެ ޕާކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީގައި އެޅުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން 09 ނޮވެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 18 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 އަށް އެ ކައުންސިލަށް […]

އިޚްލާސް ޤުރުއާން ކުލާހުން ހދ އަތޮޅުގެ 4 ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި
Thiladhunmathi News

އިޚްލާސް ޤުރުއާން ކުލާހުން ހދ އަތޮޅުގެ 4 ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފި

ހދ. ކުޅުދުއްފުށި ސިޓީގައި ހިންގަމުން އަންނަ އިޚްލާޞް ޤުރުއާން ކުލާހުން ހދ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގި ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުން ބާއްވައިފިއެވެ. އިޚްލާސް ޤުރުއާން ކުލާހާއި އިންސްޓިޓިއުޓް އޮފް ޤުރްއާން އެންޑް ސުންނާ ގުޅިގެން، ނޮޅިވަރަންފަރާއި، ނޮޅިވަރަމާއި ކުރިނބީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިޔަ ޤިރާޢަތު ކޯސްތަކުގެ ދަސްވެނިވުމުގެ ޖަލްސާ ބާއްވާފައި ވަނީ 02 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހު ކުޅުދުއްފުށި ސިޓީގައި ހުންނަ އަފީފުއްދީން ސްކޫލުގެ ހޯލުގައެވެ. އެ ދަސްވެނިވުމ...

ކުރިނބީގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށްޓަކައި ގެންދިޔަ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
Thiladhunmathi News

ކުރިނބީގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމަށްޓަކައި ގެންދިޔަ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި

ހދ. ކުރިނބީގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ފަށައިފިއެވެ. ފެނަކައިން ކުރިނބީއަށް ކަރަންޓް ފޯރުކޮށްދެމުންއައި ޖެނަރޭޓަރުން، އެ ރަށަށް ޚިދުމަތް ފޯރުކޮށްދެވޭ ވަރަށްވުރެ ކަރަންޓަށް އޮތް ޑިމާންޑު ބޮޑުވެ ދޭތެރެ ދޭތެރެއުން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނާތީވެ، އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ރަށަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައި ވަނީ މި މަހުގެ 20 ވަނަ […]

"ކުރިނބީ ކާޕް ޕޮންޑް" ވަރަށް ހިތްގައިމު
Thiladhunmathi News

"ކުރިނބީ ކާޕް ޕޮންޑް" ވަރަށް ހިތްގައިމު

ނިމިގެންމިދާ ސްކޫލު ބަންދުގައި ހދ. ކުރިނބީގެ ކުޑަކުދިންނާއި އަދި މިނޫން ވެސް ފަރާތްތަކުން ހިތްހަމަ ޖައްސާލުމަށްޓަކައި އެންމެ ގިނައިން ޒިޔާރަތްކުރި އެއްތަނަކަށްވާނީ އެ ރަށުގެ ރަށްދެބައިމަގުން ފެށިގެން ދެވިނަމަގާއި ހަމައަށް ތައްޔާރު ކުރެވިފައިވާ ކުރިނބީ ރިންގް ރޯޑްގެ ފެށޭތަނުގައި ތަރައްޤީ ކޮށްފައިވާ “ކުރިނބީ ކާޕް ޕޮންޑް” އެވެ. ކުރިނބީ ކާޕް ޕޮންޑަކީ މީގެ އަހަރެއްހާ ދުވަސްކުރިން އެރަށުގެ ޒުވާނުން އިސްނަގައިގެން ތައްޔާރު ކޮށްފައިވާ ތަނެކެވެ. މިދިޔަ އަހަރުގެ ޖުލައި މަސްތެރޭގައި ޕޮންޑް ހެދުމަށް އެތަންކ...