އިންޖީނަށް ދިމާވި މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުމަށް މޭޔަރުގެ އިލްތިމާސެއް
ކުޅުދުއްދުއްފުށީ ސިޓީގެ އިންޖީނެއްގައި އަލިފާން ރޯވުމާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެ ސިޓީގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދ ހެނދުނު 09:45 ހާއިރުއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން މޭޔަރު އާތިފް ވިދާޅުވީ، އިންޖީނުގައި އަލިފާން ރޯވުމާއި ގުޅިގެން 45 މިނިޓަށް މުޅި ސިޓީއިން އެއްކޮށް ކަރަންޓް ކެނޑުނު ކަމަށެވެ. ނަމަވެސް މިހާރު ރަށުގެ 90 […]