މަޝްރޫއުތައް ނުފެށި އޮތުމަކީ މޭޔަރުގެ އެންމެ ބޮޑު ކަންބޮޑުވުން
2024 ވަނަ އަހަރު ފާއިތުވެގެންދިޔައިރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، އެ އަހަރު ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި ފެށުމަށް ނިންމާފައިވާ އެއްވެސް ކަމެއް ކުރިއަށް ގޮސްފައި ނުވުން ކަމުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާތިފް ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ކުޅުދުއްފުށީގައި ކުރިއަށްގެންދިއުމަށް ހިމަނާފައިވާ މަޝްރޫއުތަކުގެތެރެއިން ހަމަ އެންމެ މަޝްރޫއުއެއް ވެސް ނުފެށި، މައިސަރުކާރުން ކުރިން ހިންގަމުންއައި...