Skip to main content
Topic Archive

#ހދ. ކުޅުދުއްފުށި

290 Stories filed
އަފީފުއްދީން ސްކޫލްގެ 116 ދަރިވަރުން އަމަލީ ތަޖުރިބާ ދަތުރެއްގައި ނޭކުރެންދޫ ކަނޑޫފަލަށް
Thiladhunmathi News

އަފީފުއްދީން ސްކޫލްގެ 116 ދަރިވަރުން އަމަލީ ތަޖުރިބާ ދަތުރެއްގައި ނޭކުރެންދޫ ކަނޑޫފަލަށް

ސައިންސް މާއްދާ އާ ގުޅުންހުރި މައުލޫމާތުތަކެއް ހޯދަން ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލްގެ ގްރޭޑް 5 އަދި 6 ގެ ދަރިވަރުން ނޭކުރެންދޫ ކަނޑޫފަލަށް ޒިޔާރަތް ކޮށްފިއެވެ. އަފީފުއްދީން ސްކޫލުން ބުނިގޮތުގައި ސައިންސް މާއްދާގެ ފިލާވަޅަކަށް ބޭނުންވާ މައުލޫމާތު ހޯދަން ކުރި ތަޖުރިބާ ދަތުރުކޮށްފައިވަނީ މިމަހުގެ 10 ވަނަދުވަހުގައެވެ. މިދަތުރުގައު އެ ސްލޫލުގެ 116 ދަރިވަރަކު ބައިވެރިވެފައިވާއިރު އެކުދިންނާއެކު ބެލެނިވެރިންނާއި މުދައްރިސުން އަދި މޯލްޑިވްސް ރެޑްކުރެސެންޓުގެ ފަސްއެއިޑް ޓީމް ބައިވެރިވިއެވެ....

ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި މަހާނައެއް ކޮންނަން އިން ޒުވާނަކު ފުލުހުން މިއަދު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިއަދު 18:30 ގައި ކުޅުދުއްފުށީ ކުޑަމިސްކިތު މަހާނައެއް ކޮންނަންއިންދާ ހައްޔަރުކުރީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެއިނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިރު މަސްތުގެ ހާލުގައި ހުރިކަމަށް ބެލެވޭ ކަމަށާއި ކުޅުދުއްފުށީ ޕޮލިސް އިން މިމައްސަލަ ތަހުޤީގު ކުރަމުން އަންނަކަމަށް ފުލުހުންވަނީ ބުނެފައެވެ. ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން...

ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ
Thiladhunmathi News

ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ

ޖަލާލުއްދީން ސުކޫލްގެ ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ. ހދ ކުޅުދުއްފުށީގައި މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު ނުވާ ކުޑަކުއްޖަކަށެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި އެ އެކްސިޑެންޓް ވެފައިވަނީ އެދުވަހުގެ 13:20 ގައި ސްކޫލްއަށް ވަންނަން ދިޔަ ކުއްޖެކެވެ. މި އެކްސިޑޭންޓުވީއިރު ސައިކަލު ދުއްވަންއިނީ ފިރިހެނެކެވެ. އަނިޔާވި ކުއްޖާގެ އަތާއި ފައި މަށާއިގެންގޮސް ދަތެއް ބިނދިފައިވާކ...

ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް
Thiladhunmathi News

ކުޅުދުއްފުށީ ކައުންސިލްގެ ޑިރެކްޓަރ މަޤާމަށް ޢަބްދުﷲ އާދަމް

ކައުންސިލް އިދާރާގެ އިސްމަޤާމެއް ކަމުގައިވާ ޑިރެކްޓަރ މަޤާމަށް ހދ. ކުޅުދުއްފުށި، ހަދިޔާ، ޢަބްދުﷲ އާދަމް ހަމަޖައްސަވައިފިއެވެ. މިމަޤާމަށް އިޢުލާންކުރެވިފައިވަނީ 21 ޖުލައި 2019 ގައެވެ. މިއީ މިމަޤާމަށް ހުއްދަ ލިބި، އަލަށް ހަމަޖައްސާފައިވާ މަޤާމެކެވެ. އަލްފާޟިލް ޢަބްދުﷲ އާދަމް މިއަދު ކައުންސިލްގެ މަސައްކަތްތަކާއި ގުޅިވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގެ ސްޓާފުންގެ ފަރާތުން އެފަރާތަށް ވަނީ ހޫނު މަރްހަބާއެއް ދަންނަވާފައެވެ. ކައުންސިލް އިދާރާއިން ދެމުންގެންދާ ވަރަށް މުހިއްމު...

ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުގެ ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފި
Thiladhunmathi News

ކުޅުދުއްފުށި ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތުގެ ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފި

ހދ. ކުޅުދުއްފުށީގެ ފިހާރަތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. އެގޮތުން ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ފިހާރަތަކުގައި ކުށެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ކުށްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީނު...

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރު ޚިދުމަތް ވަގުތީ ގޮތުން ހުއްޓިފާ
Thiladhunmathi News

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ކާޑިއެކް ސެންޓަރު ޚިދުމަތް ވަގުތީ ގޮތުން ހުއްޓިފާ

އޮކްޓޯބަރުމަހު 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުޅުވާ ހިދުމަތް ދޭންފެށި ކާޑިއެކް ސެންޓަރު ހިދުމަތް ކެނޑި ހިދުމަތް ހޯދަމުންދިޔަ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެއެވެ. އެ ސެންޓަރުން ދެމުން އައި ހިދުމަތް މެދުކެނޑިފައިވަނީ ކާޑިއެކް ސެންޓަރުގައި މަސައްކަތް ކުރަމުންދިޔަ ހަމައެކަނި ހިތުގެ ޑޮކްޓަރުން ރަށުން ފުރުމުން ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ. މިސްރަށް ނިސްބަތްވާ އެ ޑޮކްޓަރު އެގްރިމެންޓް ހަމަވެ އެނބުރި ރަށަށް ގޮސްފައިވަނީ މި ނިމިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި އެވެ. ކުޅުދުއްފުށ...

Thiladhunmathi News

އަފީފުއްދީން ސްކޫލްގެ ވަށާފާރު ރާނަން ޕްލަސް ބީ އާއި ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ޕްލަސް ބީ އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީ ކުންފުންޏާއެވެ. ސަރުކާރުގެ ބަޖެޓުން ހަތަރު ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ކުރާ މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަހަރު 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ...

ލާދީނީ ފިކުރާއި ދެކޮޅަށް ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަނީ
Thiladhunmathi News

ލާދީނީ ފިކުރާއި ދެކޮޅަށް ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަނީ

ލާދީނީ ފިކުރާއި ދެކޮޅަށް މާދަމާ ކުޅުދުއްފުށީގައި ބޮޑު ހިނގާލުމެއް ބާއްވަން ތައްޔާރުވެއްޖެއެވެ. ކުޅުދުއްފުށީ ޒުވާނުންނާއި އިސްލާންދީނަށް ލޯބިކުރާ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ މި ހިނގާލުމަކީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް، އެމްޑީއެން އިން ނެރުނު ރިޕޯޓް ކުށްވެރިކުރުމުގެ ގޮތުން ބާއްވާ ހިނގާލުމެއް ކަމަށް މި ހިނގާލުން އިންތިޒާންކުރާ ފަރާތުން ހާމަކުރެއެވެ. އަދި މި ހިނގާލުމަކީ އެއްވެސް ގޮތެއްގައި ސިޔާސީ ކަމެއް ނޫން ކަމަށް އެފަރާތުން ހަމަކޮށްފައިވެއެވެ. މިމި ހިނގާލުން ފެށުމަށް ހަމަޖެ...

Thiladhunmathi News

ކުޅުދުއްފުށީ ގެއެއްގައި ރޯވި އަލިފާނަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ފިނޑިއަމަލެއް: ލަތީފް

ކުޅުދުއްފުށީ ގެއެއްގައި ރޯވި އަލިފާނަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ފިނޑި އަމަލެއްކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ބުނެފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ލަތީފް ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަކާގެޔަކީ ނޮޅިވަރަމް މީހަކު ކުއްޔަށް އުޅެމުން އަންނަ ގެޔެއްކަމަށާއި އެގޭތެރެއިން ފެންނަން ހުރި ކަންކަމަށް ބަލާއިރު އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާކަމެއްކަން އިނގޭކަމަށެވެ. އަދި ބެލެވޭ ގޮތުގައި އަލިފާން ރޯކޮށްލާފައިވަނީ ފާރުމަތިން ދަނޑިއެއްކަހަލަ އެއްޗެއް ބޭނުންކޮށްގެން ކަން ...

Thiladhunmathi News

ކުޅުދުއްފުށީގައި އިސް ރަށްވެހިންގެ ހަވީރެއް ބާއްވައިފި

ދިވެހި ރެޑް ކްރެސެންޓާއިި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި ގުޅިގެން މަދަދު ގެ ނަމުގައި ކުޅުދުއްފުށީގައި އިސްރަށްވެހިންނަށް ހާއްސަ ހަވީރެއް އިއްޔެ ބާއްވައިފިއެވެ. We also took time to enjoy conversation, over some traditional games, with all those who were part of the event, to better understand their physical and mental wellbeing, and to see how we could support a healthier lifestyle. Thank you @AfeefuddinScool and Stadium. […]

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފަށާނެ : މިނިސްޓަރ އަމީން
Thiladhunmathi News

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފަށާނެ : މިނިސްޓަރ އަމީން

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވަރަށް އަވަހަށް އެމްއާރުއައިގެ ޚިދުމަތް ފަށާނެކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. އޮކްޓޫބަރު 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމްކޮށްފައިވާ ކާޑިއެކް ސެންޓަރާއި ސީޓީ ސްކޭންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ މިސަރުކާރުގެ އަމާޒަކީ ދުރަށް ދަތުރުނުކޮށް ލުއިފަސޭހަކޮށް ވީހާވެސް ކައިރިން ސިއްޙީ ޚިދުމަތް ފޯރުކޮށް ދިނުން ކަމަށެވެ. އ...

Thiladhunmathi News

ކުޅުދުއްފުށީގައި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ކުޅުދުއްފުށީގައި ރަށު ޕިކަޕާއި ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.  މިއަދު 1:50 އެހާއިރު، ކުޅުދުއްފުށީ ނިކަގަސްމަގު، ރަތްދޫލަ ފިހާރަ ކުރިމަތީގައި ހިނގި މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން މީހައަށެވެ. ސައިކަލް ދުއްވަން އިން އުމުރުން 24 އަހަރުގެ ޒުވާނަކަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށާއި އަނިޔާވެފައިވަނީ އޭނާގެ ބޮލަށްކަމުން އިތުރު އެއްޗެއް ދަންނަވަން އިނގޭނީ 24 ގަޑިއިރު އޮބްޒަރވޭ...

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި
Thiladhunmathi News

ކެލާ އިން ކުޅުދުއްފުށްޓާއި ހަމަޔަށް ގުޅުވައިދޭ އެމްޓީސީސީގެ ސްޕީޑް ފެރީ ފަށައިފި

ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް އަދި ހަނިމާދޫ އިން ކުޅުދޫފުއްޓަށް އެމްޓީސީސީގެ ލޯންޗް ފެރީގެ ހިދުމަތްތައް ފަށައިފި އެވެ. ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރާއި އާދިއްތަ ދުވަހާއި އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. ދެކޮޅަށް ދަތުރުތައް އޮންނައިރު، ދަތުރު ރޫޓާއި ގަޑިތަކާއި އަގުތައްވެސް އެމްޓީސީސީން ވަނީ އިއުލާންކޮށްފަ އެވެ. ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30ގައި އެވެ. މި ރޫޓުގެ އަގުތައް އުޅެނ...

ޤައުމީ ބާސްކެޓު ޓީމު ފަރިތަކުރުންތަކަށް ކުޅުދުއްފުއްޓަށް
Sports

ޤައުމީ ބާސްކެޓު ޓީމު ފަރިތަކުރުންތަކަށް ކުޅުދުއްފުއްޓަށް

މިއަހަރު ނޭޕާލުގައި އޮންނަ ސައުތު އޭސިއަން ގޭމްސްގައި ވާދަކުރާ ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމު، ސައުތު އޭސިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތަކެއް ބޭއްވުމަށް ހދ. ކުޅުދުއްފުއްޓަށް ފުރައިފިއެވެ. އިއްޔެ ކުޅުދުއްފުއްޓަށް ފުރި ދިވެހި އަންހެން ޤައުމީ ބާސްކެޓް ޓީމުގައި 13 ކުޅުންތެރިންނާއި، 3 އޮފިޝަލުން ހިމެނެއެވެ. މިޓީމު ހަފްތާއެއްވަންދެން ކުޅުދުއްފުށީގައި ފަރިތަކުރުންތައް ބާއްވާނެއެވެ. ބާސްކެޓް ބޯލް އެސޯސިއޭސަނުން ވިދާޅުވި ގޮތުގައި، މިދަތުރަށް މިފަހަރު ކުޅުދުއްފުށި ޚިޔާރުކުރީ އުތ...

Thiladhunmathi News

ހދ. އޭއީސީގައި 12 ކްލާސްރޫމުގެ ހަތަރު ބުރި އިމާރާތެއް އަޅަނީ

ހދ. ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި، 12 ކްލާސްރޫމުގެ ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްކަތް ކުރުމަށް ބަޔަކާއެކުވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހދ. އޭއީސީގައި އައު ކްލާސްރޫމު އިމާރާތެއް އަޅަން ނިންމާފައިވާއިރު، މިހާރު އެސްކޫލުގައި ހުރި އިމާރާތްތަކަށްވެސް ވަނީ ވަރަށް ދުވަސްވެފައެވެ. ހަމައެހެންމެ، އެސްކޫލުގެ އާބާދީ ބޮޑުތަނުން އިތުރުވެފައިވާއިރު، ސްކޫލަށްވަނީ ޖާގައިގެ ދ...