ރާޢީގެ އާދޭސް: ހދ. ރައްޔިތުންގެ ނުނިމޭ އާދޭސް!
ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކުރެވި، އެ އަތޮޅުރައްޔިތުން އަނބިދަރިންނާއި ގާތުގައިތިބެ ވަޒީފާ އަދާކުރެވޭނެ ދުވަހެއްފެނި، ފަތުރުވެރިކަމުގެ ނަފާ ހދ. ރައްޔިތުންގެ ޖީބުތަކަށް ސީދާ ގޮތެއްގައި ވަނުމަކީ ހދ. ރައްޔިތުންގެ ޒަމާންވީ ކުލަނުވެއޮތް ހަގީގަތެކޭ ދެއްނެވުން ދޮގަކަށްނުވާނެއެވެ. ހަވާލުކުރެވުނާ 12 ވަރަކަށް އަހަރުފަހުން 56 ހެކްޓަރުގެ ބިޔަ، ހދ. ހޮނޑާފުށީގައި ތަރައްގީކުރި ރިސޯޓް 18 މާރިޗް 2018ގައި ހުޅުވިނަމަވެސް، އެ ރިސޯޓަކީ މަދު ކޮޓަރިތަކަކާއެކު، އަތޮޅުގެ ރައްޔިތުންނަށް ހަނި ވަޒީފާގެ ފުރުސަތު...