އުލިގަމު އަންހެނުންގެ ވޮލީ މުބާރާތް ފޯރިއާއެކު ފަށައިފި، ފުރަތަމަ މެޗު ލިލީ އަށް
ހއ. އުލިގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ 'އުލިގަން ކަޕް 2026' އަންހެނުންގެ ވޮލީބޯޅަ މުބާރާތް ފަށައިފިއެވެ. 4 ޓީމު ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.