ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި
ސިއްހީ ދާއިރާއިން ރާއްޖޭގެ އަތޮޅުތަކުން ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ހއ.ކެލާ ހިމެނޭހެން އިތުރު ދެ ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ. މި އެމްބިއުލާންސްތައް ފޮނުވާފައި ވަނީ ހއ.ކެލާގެ އިތުރުން ގއ.ދާންދުއާއި ގދ.ހޯޑެއްދުއަށް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. އެމްބިއުލާންސް ފޮނުވުނު އެއްރަށް ކަމަށްވާ ގދ. ހޯޑެއްދޫގައި ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގެ ސިއްޙީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސ...