ކެލާގެ އާބާދީ ދެ ގުނަވާނެ، ތަރައްގީގެ ގޮތުން ބޮޑު ބަދަލެއް ފެންނާނެ: އިބްރޭ
ހއ. ކެލާއަކީ ފަތުރުވެރިކަމުގެ މަންޒިލެއް ގޮތުގައި ތަރައްގީ ކުރެވިގެންދާއިރު، ކެލާގެ އާބާދީ ދެ ގުނަ ވާނެ ކަމަށް އަންދާޒާ ކުރަށްވާ ކަމަށާއި، އެރަށަށް ތަރައްގީގެ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ ކެލާ ތުނޑީގައި ތަރައްގީ ކުރާ ފަތުރުވެރިކަމުގެ ހޮޓަލާއި ބެހޭ މަޢުލޫމާތު ކެލާ ރައްޔިތުންނާއި ހިއްސާ ކުރުމަށް އެ ހޮޓާ ތަރައްގީ ކުރާ ކުންފުނި، ފެޑޯ އިންވެސްޓްމަންޓްގެ ދެ ޑިރެކްޓަރުންނާއެކ،ު ރޭ ކެލާ ރައްޔިތ...