ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް ފަށައިފި
ހއ. ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ހޮނިހިރު ދުވަހު ކެލާގައި މިކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމްގެ މަސައްކަތް އަމަލީކޮށް ފައްޓަވައި ދެއްވީ ކެލާ ދާއިރާއިގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) އާއި، ކެލާ ކައުންސިލްގެ މެންބަރުންނެވެ. މި މަސައްކަތް 4 މަސް ދުވަހުން ނިންމާގޮތައް ހަވާލުކޮށްފައި ވަނީ ރަފް ކޮންސްޓްރަކްޝަންއާއެވެ. ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް “ތިލަދުން”އަށް ވިދާޅުވީ، ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމ...