ކްލަބް ޕޯލްސްޓަރ އިން އިހަވަންދޫ މަސްވެރިންނަށް ފުޓްސެލް މުބާރާތެއް ބާއްވަނީ
ހއ. އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން އިންތިޒާމްކޮށްގެން މަސްވެރިންނަށް ހާއްސަކޮށް ފިޝްމެން ފުޓުސެލް މުބާރާތެއް ބާއްވަން ނިންމައިފި އެވެ. މި މުބާރާތުގެ މަގްސަދަކީ މަސްވެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި އިހަވަންދޫގައި ހުނަރުވެރި ކުޅަދާނަ ފްޓްސަލް ކުޅުންތެރިން އުފެއްދުމަށާއި، އިހަވަންދޫގެ މަސްވެރިންނަކީ ޞިއްޙީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުންކަމަށް އެކުލަބުން މަޢުލޫމާތުދެ އެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގައި ކަނޑު މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމާއި ފަރުމަހުގެ މަސްވެ...