ދަރިފުޅަށް ކިޑްނީ ދޭން ބައްޕަ ހުރީ ތައްޔާރަށް، އޮޕަރޭޝަން ކުރުމަށް ބޭނުންވަނީ މާލީ އެހީ!
ހއ. އިހަވަންދޫ، ވައިޓްރޯސް މުޙައްމަދު ސަހުނީޒްގެ އުމުރުން ފާއިތުވި 28 އަހަރު ދުވަހު އޭނާ ހުރީ ވަރަށް ރަނގަޅު ސިއްހަތެއްގައެވެ. ކައިވެންޏެއްކޮށް އަލަތު ދަރިފުޅުލިބި ދުވަސްތައް ހޭދަކުރަމުން އައީ އުފަލުގައެވެ. ނަމަވެސް މި އުފާވެރި އާއިލާއަށް މޮޅިކަން ގެނުވީ ފާއިތުވި ރަމަޟާން މަހާއި ދާދި ގާތްވެފައިވަނިކޮށް ވީނުވީއެއް ނޭނގި ސަހުނީޒްއަށް ހޮޑުލެވެން ފެށުމާއި ގުޅިގެންނެވެ. ދޭތެރެދޭތެރެއިން ހޮޑުލެވޭތީ ޑޮކްޓަރަށް ދެއްކުމުން ގޭހުގެ ކަމެއްކަމަށް ބަލައި ބޭސް ދިނުމަށް ފަހު ގެޔަށް ފޮނުވާލި ނަމަވެސް ހޮޑުލެވުމަކ...