ހޯރަފުށި، ކެލާ އަދި ކޭއާރުއެޗު ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފި
ހއ. ހޯރަފުށި ހެލްތު ސެންޓަރާއި ކެލާ ހެލްތު ސެންޓަރު އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ހިމެނޭހެން 8 ތަނަކަށް އެމްބިއުލާންސް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީ “ޖަޕާން ގްރާންޓް އެސިސްޓެންސް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީ.ޖީ.ޕީ)” ގެ ދަށުން ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް ހަދިޔާކުރިއެމްބިއުލާންސެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސް ހަދިޔާކޮށްފައިވަނީ އެ ތިންތަބުގެ އިތުރުން ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޏ. ފުވައްމުލަކު ހޮސ...