ދިއްދޫގެ ކަނބަލުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
ހއ.ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން، މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކަށް ބާއްވާ އަންހެނުންގެ ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވުމާއި އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރޫހު ދިރުވައި އާލާކުރުމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ދިއްދޫގެ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ...