ބޭނުންނުކޮށް ދިއްދޫ ބަނދަރަށް ދޫކޮށްލާފައިވާތާ ގިނަދުވަސްތަކެއްވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދަނީ
ހއ. ދިއްދޫ ބަނދަރުގެ އުތުރު ތޮށީގައި ބޭނުން ނުކޮށް އަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ދޯންޏެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ ގިނަދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ބަނދަރު ތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރު ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. މިގޮތުން އެ ރަށުގެ ބަނދަރުގެ އުތުރު ތޮށީގައި [...