Skip to main content
Topic Archive

#ކޮވިޑް ހުއްޓުވާނީ އަހަރެން

9 Stories filed
އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ
Raajje

އިންޑިއާއަށް އެތެރެވާއިރު މިހާރު ކޯވިޑު ޓެސްޓު ހަދަންޖެހޭނެ

އަވަށްޓެރި އިންޑިއާއަށް އެތެރެވާއިރު، ކޯވިޑު ޓެސްޓު ހަދަންޖެހޭގޮތަށް އަނެއްކާވެސް ހަމަޖައްސައިފި އެވެ. އެގައުމުން މިގޮތަށް އަމަލުކުރަން ނިންމާފައި މިވަނީ ކޯވިޑުގެ ކޭސްތައް އެގައުމުގައި އަނެއްކާ ވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެވެ. އިންޑިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އައު ގައިޑްލައިނެއް ތައްޔާރުކޮށް، އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެގޮތުން މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ އައު ގައިޑްލަ...

ރަށު ބަންދަކީ ވެސް ވޭނެއް، "އޯކޭއެއް" ނޫން!
Report

ރަށު ބަންދަކީ ވެސް ވޭނެއް، "އޯކޭއެއް" ނޫން!

ފަރުވާއެއް މިހާތަނަށް ހޯދިފައިނުވާ ކޮވިޑު-19 މިވަނީ މުޅި ދުނިޔެ ހުއްޓުވާލާފައެވެ. އެއް ގައުމުން އަނެއް ގައުމަށް، އެއް ރަށުން އަނެއް ރަށައް، އަދި އެއް އަވަށުން އަނެއް އަވަށައް ދަތުރުކުރުން މިވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އެމީހަކު ހުރި ތަނެއްގައި ބަންދުވެވިގެން ތިބެން މަޖްބޫރުވެފައެވެ. މިއީ އެތައް ބަޔަކަށް ބޮޑު ހިތްދަތިކަމެކެވެ. މިދިޔަ އެޕްރީލް މަހު މާލެއިން ކޮވިޑު-19ގެ ފުތަރަމަ ބަލި މީހަކު ފެނުމާ އެކު މާލެ ފުރަބަންދު ކުރިއެވެ. އެތައް ހާސް ބަޔަކު މާލޭގައި ބަންދުވެ، އެތައް […]

ދަރިވަރުން ގޭގައި، "އޯކޭއެއް ނޫން"
Report

ދަރިވަރުން ގޭގައި، "އޯކޭއެއް ނޫން"

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މުޅި ދުނިޔެއިން އެއް އަޒުމެއްގައި ދަނީ ކޮވިޑް-19ގެ ނުރައްކާތެރި ބަލިމަޑުކަމާ ދެކޮޅަށް ހަނގުރާމަކުރަމުންނެވެ. މި ބަލިމަޑުކަމުގެ ނުރައްކާ މިންވަރަކީ، އޭގެ ވޭނީ ހިތި އަސަރު ކުރަނީ ހަމައެކަނި ބަލި ޖެހޭ މީހުންނާއި އޭނާ ދެކެ ލޯބިވާ ފަރާތްތަކަށް އެކަނި ނޫންކަމެވެ. ބަލީގެ ސަބަބުން ގޭތެރޭގައި އަމިއްލައަށް ބަންދުވެ، އާންމު ދިރިއުޅުމާއި އޭގެ އުފާތަކުން މަހުރޫމްވެފައި ތިބުމަކީ ވެސް ކެތްކުރަން ފަސޭހަ ކަމެއް ނޫނެވެ. އެޕްރީލް 15ގައި މާލެއިން މި ބައްޔަށް ޕޮޒިޓިވް […]

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ލަވަ ލޯންޗުކޮށްފި
Raajje

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިންގެ ލަވަ ލޯންޗުކޮށްފި

ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ. އެގާރަ ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޮވިޑްގެ ހާލަތާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި ކެކުޅުން ގެނެސްދީފައި ވެއެވެ. އަދި ރާއްޖޭގެ އިގުތިސޯދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޮވިޑްގެ މިހާލަތުގައި ސިއްހީ އެހީތެރިން ވަމުންދާ ގުރުބާނީއާއި އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި “ގައުމުގެ އިހުސާސް” ވަރަށް ފުރިހަމައަށް ގެނެސްދީފައި ވެއެވެ. “ކޮވިޑް ހުއްޓުވާނީ އަހަރެން”...

ކޮވިޑްއާ ގުޅޭ ބޮޑު ނަސޭހަތެއް: އަޑުއަހާ! ބަސްއަހާ!
Report

ކޮވިޑްއާ ގުޅޭ ބޮޑު ނަސޭހަތެއް: އަޑުއަހާ! ބަސްއަހާ!

ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން ވެސް، ހަލުވިކަމާ އެކު ފެތުރޭ މި ބަލީގެ އަލާމާތްތަކާއި، ވައިރަހުން ރައްކާތެރިވާން ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އައީ ފޯރުކޮށްދެމުންނެވެ. ޓީވީތަކުންނާއި، ނޫސްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށެވެ. މާސްކް އަޅާނެ ގޮތާއި ރަނގަޅަށް އަތް ދޮންނާނެ ގޮތް ވެސް ބުނެދިނެވެ. ވައިރަހަށް ދިވެހިންގެ ހޭލުންތެރިކަން ބޮޑުކަން، އެ ދުވަސްވަރު ރާއްޖެ އައި ދެކުނު އެފްރިކާގެ ޑޮކްތަރުންގެ ޓީމުން ފާހަގަކުރުމުން، މިކަމުގައި ކަމާ ބެހޭ ފަ...

ބުނެލާ އެއްޗެހިން ހިތްފަޅައިގެން ދޭ، އެކަމަކު ވެސް ހިދުމަތުގައި!
Report

ބުނެލާ އެއްޗެހިން ހިތްފަޅައިގެން ދޭ، އެކަމަކު ވެސް ހިދުމަތުގައި!

މިއީ ކޮވިޑް ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަ ފާތްމަތު އާދަމް އާއި އެތަނުގައި މަސއްކަތް ކުރާ އެހެން ކުދިންނަށް ކޮންމެ ދުވަހަކު، އެތަނަށް ގުޅާ ބައެއް އާއްމުންގެ ފަރާތުން ދިމާވާ ފުރައްސާރައިގެ ވާހަކައެވެ.

އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް
Report

އާރްއާރްޓީ: މިއީ ގައުމަށްޓަކައި ވާ ގުރުބާނީއެއް

“އެންމެ މިސްވަނީ އާއިލާ. މަންމަ ކައްކާފައި ކާންދޭ މީރު ކެއުން. ވަކިން ފެސިލިޓީއެއްގައި، އާއިލާއާ ބައްދަލުނުވެ، މިހާ ދުވަސްވީމަ ދެރަވޭ،” އުމުރުން 24 އަހަރުގެ މަރިޔަމް ޝިއުނާ ބުންޏެވެ. ޝިއުނާ އަކީ ކޮވިޑް-19 ގެ ފްރޮންޓްލައިންގައި އެންމެ ބުރަ، އެންމެ ނުރައްކާތެރި އެއް މަސައްކަތް ކަމަށްވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ޚިދުމަތްތެރިއެކެވެ. އެ މަސައްކަތުގައި އޮތް ނުރައްކާތެރިކަން ޝިއުނާ ވެސް ގަބޫލުކުރެ އެވެ. އޭނާ އާއި އެހެން ބައިވެރިންގެ މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަނީ […]

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!
Report

"1676"، ކޮވިޑް ހޮޓްލައިންގެ ނުފެންނަ ފަޅި!

މުޅި ތަނުގައި އެއްއަޑަކަށް ގުގުމާފައި ހުރީ، ފޯނުކޯލްތަކަށް ޖަވާބުދިނުމަށް ހަރަކާތްތެރިވި ހީވާގި މަސައްކަތްތެރިންގެ އަޑެވެ. ފެނިގެން ދަނީ އާއްމުންގެ ފޯނު ކޯލުތަކަށް އިޖާބަ ދިނުމަށް އެ މުވައްޒަފުން ހަލުވިކަމާއި، ފަރިތަކަމާއި އެކުހަރަކާތްތެރިވަމުންދިޔަ މަންޒަރެވެ. މިއީ، ދަރުބާރުގޭގެ ދެވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ކޮވިޑް ކޯލްސެންޓަރަށް ދިޔަ އަޅުގަނޑާއި، އެކުވެރި ނޫސްވެރިންގެ ޓީމަށް ތަޖުރިބާކުރެވުނު ކަންކަމެވެ. އެތަނަށް ވަނުމާ އެކު ހިތަށް ވެރިވެގެންދިޔައީ ތަފާތު އިހުސާސްތަކެކެވެ. ކޯލް ސެންޓަރ...

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި
Raajje

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން ރައީސް އިފްތިތާހު ކޮށްދެއްވައިފި

ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާއިން ފަށާފައިވާ ގައުމީ ކެމްޕޭން “ކޮވިޑް ހުއްޓުވާނީ އަހަރެން” ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ. މިކެމްޕޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، “ކޯވިޑް-19” ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، “ކޯވިޑް ހުއްޓުވާނީ އަހަރެން” މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން، އިފްތިތާޙު ކޮށްދިނުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މިއީ ރާއްޖެ މިހާރު އޮތް ޙާލަތަށ...