އިހަވަންދޫ ޑައިލިސިސްގެ ޚިދުމަތް ފަށައިފި
ހއ. އިހަވަންދޫގައި ޑައިލިސިސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ރޯދަ މަހުގެ ކުރިން ހއ. އިހަވަންދޫގައި ޑައިލިސިސް ޚިދުމަތް ފެށޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ 29 ޖެނުއަރީ 2025 ގައި އެރަށަށް ކުރެއްވި ޒިޔާރަތުގައި ވިދާޅުވެފައެވެ. ރައީސްގެ މިއަދުފުޅު މިއަދު ފުއްދަވައި، މި ޚިދުމަތް އިހަވަންދޫގައި ފައްޓަވާފައިވާއިރު، މިކަމަށް މިއަދު އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަޒުކަރުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސްގެ އަނބިކަނބަލުން،...