News
މަސްވެރިންކަމަށް ހެެދިގެން ގޮސް ބޯޓެއް ހައިޖެކްކޮށްފި، ފަޅުވެރިން ތިބީ ސޭފް ރޫމަށް ވަދެ ތަޅުލައިގެން
ޔަމަނުގެ އައްސޭރިފަށާ ދިމާލުން ގަލްފް އޮފް އަދަން ތެރެއިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް މަސްވެރިންގެ ސިފައިގައި ތިބި ސޯމާލިއާގެ ކަނޑުފޭރޭ ބަޔަކު އަރައި ބޯޓު ހައިޖެކްކޮށްފިއެވެ. ބޯޓުގެ ކޮންޓްރޯލް ފޭރޭ މީހުންގެ އަތްދަށަށް ދިޔަ ނަމަވެސް ފަޅުވެރިން ތިބީ ސޭފް ރޫމެއްގައެވެ.